ބާޒާރުގައި 20 ރުފިޔާގެ ސްޓޮކް މަދުވުމާގުޅިގެން, އެ ނޫޓުގެ އައު ސްޓޮކެއް މަރުކަޒީ ބޭންކު, މޯލްޑިވްސް މޮނިޓޮރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލުން ބާޒާރަށް ނެރެފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ސްޓޮކެއް ކަމެއް އެ އޮތޯރިޓީ އިން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އެމްއެމްއޭއިން ވަނީ 100 ނޫޓުގެ ސްޓޮކް ބާޒާރުގައި މަދުވާ ކަމަށް ބުނެ އައު ސްޓޮކެއް ޗާޕުކޮށްފައެވެ. މި ނޫޓުތައް ނެރެފައިވަނީ ބައެއް ބަދަލުތައް ވެސް ގެނެސްގެންނެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ނޫޓުގެ ދެ ފަރާތުގައި ވަނީ ހިމަނާފައިވެއެވެ.
މި ނޫޓުތައް ނެރެފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާ އެކު, 7 ޖުލައި 2024، 1 މުހައްރަމް 1446ގައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ނޫޓުތަކަކީ އަައު ގަވަރުނަރު އަހުމަދު މުނައްވަރުގެ ސޮޔާ އެކު ނެރޭނެ ފުރަތަމަ ނޫޓުތަކެވެ.









