Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކަނޑުމަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

ކަނޑުމަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

މުހައްމަދު ޖަމްޝަތު
116 ދުވަސް ކުރިން - 15 ފެބްރުއަރީ 2026 09:34
ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި---
ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި---
ޚުލާސާ

މިތަކެތީގެ ޖުމްލަ ބަރުދަނުގައި 36.43 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދޭ

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ. 

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއިން ބޭރުން މާލޭގެ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު، އެ ތަކެތި ވަނީ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި ޝިޕްމަންޓުގައި ހިމެނޭ މަސްތުވާތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. މިތަކެތީގެ ޖުމްލަ ބަރުދަނުގައި 36.43 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ތަކެތި ފެނިފައިވަނީ ރަބަރު ޕެކެޓުތަކެއްގައި ވަރަށް ރަނގަޅަށް ބަންދުކޮށްފައި ހުއްޓައެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ.

ކަސްޓަމްސްމަސްތުވާތަކެތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 20:42

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

28 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

28 ދުވަސް ކުރިން - 16:23

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

29 ދުވަސް ކުރިން - 20:27

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

34 ދުވަސް ކުރިން - 21:29

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

44 ދުވަސް ކުރިން - 09:52