Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އީރާނުން އެމެރިކާއާ މަޝްވަރާ ނުކުރާނެ

މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އީރާނުން އެމެރިކާއާ މަޝްވަރާ ނުކުރާނެ

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
201 ދުވަސް ކުރިން - 15 ފެބްރުއަރީ 2026 09:50
އީރާނުގެ ބެލެސްޓިކް މިސައިލް: އިޒުރޭލާއި އެމެރިކާއަށް ނުރައްކަލެއް
އީރާނުގެ ބެލެސްޓިކް މިސައިލް: އިޒުރޭލާއި އެމެރިކާއަށް ނުރައްކަލެއް
ޚުލާސާ

އީރާނުގެ ރައީސް ވިދާޅުވީ ވިދާޅުވީ އީރާނުން އުދުވާނީ އަމަލުތަކަށް ބޯނުލަނބާނެ ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް ވާހަކަ ދައްކަމުން ގެންދާނެ ކަމަށް

އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުގައި ވެސް އަދި އީރާނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރިޔަސް އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފި އެވެ.

އަރަބި މީޑިއާތަކުން ބުނާ ގޮތުގައި އީރާނުގެ ސުޕްރީމް ލީޑަރުގެ މުޝީރު އަލީ ޝަމްޚާނީ ވަނީ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް އީރާނުގެ ބެލެސްޓިކް މަޝްރޫއާ ގުޅޭގޮތުން އެއްވެސް ބަޔަކާ މަޝްވަރާ ނުކުރާނެކަމަށް ވިދާޅުވެފަ އެވެ.

ފެބުރުއަރީ ހަ ވަނަ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު އައްމާންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ އެޖެންޑާގައި ވެސް އީރާނުގެ މިސައިލު މަޝްރޫއު ހިމަނަން އެމެރިކާއިން ބޭނުންވެގެން އުޅުނެވެ.

Advertisement

Advertisement 1

އެމެރިކާއިން ބޭނުންވަނީ މަޝްވަރާތަކުގައި އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެ ސަރަހައްދުގައި ތިބި އެމެރިކާގެ އެކުވެރި ގައުމުތަކާ ވެސް މަޝްވަރާ ކުރުމަށެވެ. ނަމަވެސް އަރަބި ގައުމުތަކުން ތިބީ އީރާނު ރުހޭ ގޮތަކަށް ދޫދޭން ތައްޔާރަށެވެ.

އީރާނާއެކު ސުލްހައަށް މަގުފަހިވާ އެއްބަސްވުމެއް ހެދުމަކީ މި ވަގުތަށް ނަމަވެސް އަރަބީން އިސްކަންދޭ ކަމެކެވެ. ޓްރަމްޕް ވަނީ އަނިޔާވެރި އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ވެސް އެ ވާހަކަ ދަންނަވާފަ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމުގެ ހެކި ހުށަހަޅަން ތައްޔާރަށް އޮތް ނަމަވެސް ކޮންމެހެން ބޭނުން ނުވާ އަދި އެމެރިކާއިން މާބޮޑަށް އެދޭ ކަންކަން ބަލައިނުގަނެވޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އީރާނުން އުދުވާނީ އަމަލުތަކަށް ބޯނުލަނބާނެ ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް ވާހަކަ ދައްކަމުން ގެންދާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާތަކާ ގުޅޭ ގޮތުން ތަފާތު ބަޔާންތަކެއް ދެއްވާފަ އެވެ.

ރައީސް ޓްރަމްޕު އެއްފަހަރު މަޝްވަރާތައް ފަހިކަމަށް ސިފަކުރައްވާފައިވާއިރު، އަނެއްފަހަރު އަސްކަރީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައި ވެއެވެ.

ޓްރަމްޕްގެ އެހެން ބަޔާނެއްގައި މަތިންދާ ބޯޓު އުފުލާ އިތުރު ބޯޓެއް އީރާން ސަރަހައްދަށް ފޮނުވާނެ ކަމުގެ އިންޒާރެއް ވެސް ދެއްވާފައި ވެއެވެ.

އީރާނާއެކު ކުރެވޭ ކޮންމެ މަޝްވަރާއެއްގައި ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމުގެ އިތުރަށް ބެލިސްޓިކް މިސައިލް މަނާކުރުމާއި އެ ސަރަހައްދުގައި ހަތިޔާރު އެޅި ފިޔަތަކަށް އީރާނުން ކުރަމުންދާ ތާއީދު ހުއްޓުވުމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވެ އެވެ.

އަނެއްކޮޅުން އިޒުރޭލުގެ ހާރިޖީ ވަޒީރު ވަނީ އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަމާބެހޭ ގޮތުން ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

އޭނާގެ ބަޔާންތަކުގައި ވިދާޅުވެފައި ވަނީ އީރާނުން ތަރައްގީކުރަން ބޭނުންވާ ބެލިސްޓިކް މިސައިލުން އިޒުރޭލު ނުރައްކަލުގެ ތެރެއަށް ވައްޓާލަމުންދާ ކަމަށެވެ. އަދި އީރާނުގެ މި މިސައިލްތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތައް ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓެމުންދާކަމަށް ވެސް އޭނާ ބުނެއެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފުތާގައި ވޮޝިންޓަނަށް ކުރި ދަތުރުގައި ވެސް އިރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން ބާރުގެ ބޭނުން ހިފުމުގެ މުހިއްމުކަން އެމެރިކާގެ ވެރިންނަށް ވިސްނައި ދޭން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

އީރާނުގެ ޗީފް އޮފް ސްޓާފް އަބްދުއްރަހީމް މޫސާވީ ވިދާޅުވީ އީރާނާއެކު އެމެރިކާއިން ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ދެވަނަ ބުރުގެ މަޝްވަރާތަކުގައި ބެލިސްޓިކް މިސައިލްގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

3 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

6 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

12 ދުވަސް ކުރިން - 15:57

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

16 ދުވަސް ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

18 ދުވަސް ކުރިން - 11:18

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީއާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއިދުކުރާ މިލިޝިއާތަކަށް ހަމަލާދީފި

36 ދުވަސް ކުރިން - 17:45