ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މަރުވީ ޒަހަރު ދިނުމުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ. މިއީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔޡގެ ޖަލުގައި ހުއްޓާ އޭނާ މަރުވި ފަހުން، އޭނާ މަރުވި ސަބަބު ރަސްމީކޮށް ކަށަވަރުކުރި ފުރަތަމަ ފަހަރެވެ.

ނަވަލްވީގެ މަރާއި ގުޅިގެން ރަޝިޔާގައި ކުރި މުޒާހަރާގެ ތެރެއިން.
ނަވަލްނީ އަކީ ރަޝިޔާގެ ކޮރަޕްޝަނާއި ދެކޮޅަށް އެންމެ ވަރުގަދަ ކެމްޕޭނެއް ކުރި އަދި ރައީސް ވްލަޑިމީރު ޕޫޓިން އަށް ސިޔާސީ ގޮތުން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތި ކުރުވި އިދިކޮޅު ލީޑަރެވެ. އޭނާ ވަނީ ރަޝިޔާގެ އިސް އޮފިޝަލުންނަށް ބޮޑެތި ކޮރަޕްޝަންތަކެއްގެ ތުހުމަތުކޮށް، މުޅި ގައުމުގައި މުޒާހަރާތައް ކުރުމަށް މީހުން ނެރެފައެވެ.
16 ފެބްރުއަރީ 2024ގައި ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ނަވަލްނީ މަރުވީ ޖަލުގައި ހުއްޓާ ހިނގަނިކޮށް ވެއްޓިގެންނެވެ. އަދި އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ވެސް ބުނެފައި ވެއެވެ. މި
ލެބޯޓަރީ އެސެސްމެންޓު ތަކަށް ފަހު މިއަދު އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ނަވަލްނީ މަރުވީ ގުދުރަތީ މަރަކުން ނޫން ކަމަށާއި ރަޝިޔާ ސަރުކާރުން ހެދީ ދޮގު ކަމަށެވެ.










