އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ނަރުދަމާގެ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

މުހައްމަދު ޖަމްޝަތު | 13 ގަޑިއިރު ކުރިން - 14 ފެބްރުއަރީ 2026 14:15
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު---
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު---
ޚުލާސާ

ފެނާއި ނަރުދަމާގެ ޖުމްލަ 27 މަޝްރޫއެއް އެމްޑަބްލިޔުއެސްސީ އިން ކުރިއަށް އެބަގެންދޭ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދަމާގެ ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ފެނާއި ނަރުދަމާގެ ޖުމްލަ 27 މަޝްރޫއެއް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ މީގެ ކުރިން ފަށާފައި ހުއްޓިފައި ހުރި މަޝްރޫއުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މަތީން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި، އެއްވެސް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންނާ މިހާރު ހަވާލުކުރައްވާފައިވާ ހުރިހާ ނަރުދަމާގެ މަސައްކަތެއްވެސް މިއަހަރު ތެރޭގައި ނިންމުން،" މަތީން ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މިފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން، މަސައްކަތް ކުރާނެ މީހުން ހޯދުމުގައި ދަތިތަކެއް ހުރިކަން އެމްޑީ ފާހަގަކުރެއްވި އެވެ. ނަމަވެސް، އެފަދަ ގޮންޖެހުންތަކާއެކު ވެސް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫޢުތައް ނިމުމުން ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%