Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިއަށް

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިއަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
158 ދުވަސް ކުރިން - 14 ފެބްރުއަރީ 2026 01:21
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: ރައީސް މުއިއްޒުގެ އެކްސް އެކައުންޓް
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: ރައީސް މުއިއްޒުގެ އެކްސް އެކައުންޓް
ޚުލާސާ

ގިރާވަރުފަޅުން 56 ހެކްޓަރު ހިއްކާފައިވާއިރު ދެން ހިއްކަން ޖެހޭނީ 113 ހެކްޓަރުގެ ބިމެއް. އެ ފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4،072 ގޯތި.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެއްފަހަރާ ދެޑްރެޖަރާއެކު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ދެޑްރެޖަރު ބޭނުންކުރާކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ، އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ފޮޓޯތަކަކާއެކު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މެދުކެނޑިފައި އޮތް ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Advertisement

Advertisement 1

ގިރާވަރު ފަޅުން ހިއްކުމުގެ މަސައްކަތް ދެޑްރެޖަރު ބޭނުންކޮށްގެން ކުރަމުން އަންނައިރު އެ ސަރަހައްދުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން މީގެ ކުރިން ވަނީ 56 ހެކްޓަރުގެ ބިން އެ ސަރަހައްދުން ހިއްކައިފައެވެ. އެހެންކަމުން ގިރާވަރުފަޅުން ދެން ހިއްކަން ޖެހޭނީ 113 ހެކްޓަރުގެ ބިމެކެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: ރައީސް މުއިއްޒުގެ އެކްސް އެކައުންޓް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ އެއްޑްރެޖަރަކީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެ އަށް ގެނައި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީއާއެވެ. މި ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރަކަށްވާއިރު، މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ އޮތް ބޮޑު ޑްރެޖަރެކެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސެކޭ އެއްފަދައިން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ގިރާވަރު ފަޅުއެމްއޭސީއެލްރައީސް ޑރ. މުހައްމަދު މުއިއްޒުބިން ހިއްކުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

16 ގަޑިއިރު ކުރިން - 18:38

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

16 ގަޑިއިރު ކުރިން - 18:05

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

21 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39