ގާތްގަނޑަކަށް 20 އަހަރަށް ފަހު ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީ، “ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)” އިން އެގައުމުގެ އާންމު އިންތިހާބު ކޮށް ތާރިކް ރަހުމާން ބޮޑުވަޒީރު ކަމަށް އައުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ބަންގްލަދޭޝް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ރަސްމީ ނަތީޖާތަކަށް ބަލާއިރު، ޖާޓިޔާ ސަންގްސާދު ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި ބީއެންޕީގެ އިއްތިހާދުން ވަނީ ހޯދާފައެވެ. ބީއެންޕީއަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުން ވަނީ 151 ގޮނޑިއެވެ.
މިގަހަރު “ޖަމާޢަތް އިސްލާމީ” އިން ވެސް ވަނީ ގާތްގަނޑަކަށް 70 ގޮނޑި ހޯދާފައެވެ. އެ ޕާޓީ އަކީ 2013 ވަނަ އަހަރު އިންތިހާބުގައި ވާދަކުރުން މަނާކޮށްފައިވާ ޕާޓީއެކެވެ.
ބީއެންޕީ އިން މި އިންތިޚާބު ކާމިޔާބު ކުރި އިރު، އިއްޔެ އެ ޕާޓީގެ ލޯކަލް ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ މޮހިއްބުއްޒަމާން ކޮޗީ ވަނީ ވޯޓުލުން ކުރިޔަށް ދަނިކޮށް މަރާލާފައި ކަން ފާހަގަ ކުރެވެއެވެ.


މިއީ ފަހަކަށް އައިސް ބަންގާޅުގައި ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. ވޯޓުލާ މީހުންގެ އަދަދު ވެސް ގާތްގަނޑަކަށް 60 ޕަސެންޓަށް އެރިއެވެ.
ތާރިކް ރަހުމާން ވެރިކަމާ ހަވާލުވުމުން އިގްތިސާދީ އަދި ސިޔާސީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ކުރީގެ ސަރުކާރު ވެއްޓުމާއި ގުޅިގެން ދިގުދެމިގެންދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ބަންގްލަދޭޝްގެ އިގްތިސާދު ބަލިކަށިވެފައި ވާއިރު، ޚާއްސަކޮށް އެގައުމުގެ އެކްސްޕޯޓް އާމްދަނީގެ ތަނބު ކަމަށްވާ އަންނައުނު އުފެއްދުމުގެ ދާއިރާ އަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ.








