ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.
ޒަކާތު ހައުސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ 1447 ވަނަ އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ހެނދުނު 06:00 އާއި ހަމައަށެވެ.
އެގޮތުން އޮންލައިންކޮށް ޒަކާތް ދެއްކޭނީ;
- ދިރާގު އެޕް/ ދިރާގު ޕޭ
- އެމް ފައިސާ
- ފައިސާ މޮބައިލް އެކްސް
- ބީއެމްއެލް މޮބައިލް
- ފަހިޕޭ
- އަވަސް އެޕް
- ބަނޑޭރިޕޭ
މީގެ އިތުރުން, އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ވެސް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.
ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ކަމަށާއި، ބަންދު ދުވަސްތަކުގައި ޒަކާތް ބަަލައިގަންނާނީ 11:00 އިން 02:00 އަށް ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތުގެ ގޮތުގައި ދައްކާ މިންވަރު؛
- އާދައިގެ ހަނޑޫ 12ރ.
- ތައިލެންޑް ހުދު ހަނޑޫ 53ރ.
- ރަތް ހަނޑޫ 96ރ.
- ބާސްމަތީ ހަނޑޫ (އާދައިގެ) 77ރ.
- ބާސްމަތީ ހަނޑޫ (މޮޅު) 109ރ.
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 136ރ.
- އާދައިގެ ފުށް 10ރ.
- އާޓާ ފުށް 75ރ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.









