Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ބިނާކުރި ޖިމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ބިނާކުރި ޖިމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު
164 ދުވަސް ކުރިން - 12 ފެބްރުއަރީ 2026 18:03
ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ބިނާކުރި ޖިމް ހުޅުވުމުގެ ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް
ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ބިނާކުރި ޖިމް ހުޅުވުމުގެ ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއަދު ހުޅުވުނު ޖިމަކީ ބަލިތަކުން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވި.

ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން އެ ރަށުގައި ތަރައްގީކުރި އައު ޖިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދުގެ އިތުރުން، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ކުޑަހުވަދޫ އެކުވެރި އަންހެނުންގެ ކޮމިޓީގެ އިމާރާތުގައި ގާއިމުކޮށްފައިވާ މި ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފަ އެވެ. އަދި ރަށުގައި މިފަދަ ވަސީލަތެއް ގާއިމުވުމަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.

Advertisement

Advertisement 1

އެކަމަނާގެ ވާހަކަފުޅުގައި، ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ މުހިންމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން، ސިއްހީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ޓައިމް މަޖައްލާއިން ހޮވި 2026 ވަނަ އަހަރުގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގެންފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އެކަމަނާ ތައުރީފުކުރެއްވި އެވެ.

މިއަދު ހުޅުވުނު ޖިމަކީ ބަލިތަކުން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވެ، ރަށުގެ ހުރިހާ ފަރާތްތަކުންވެސް މި ތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެކަމަނާ އުއްމީދުކުރެއްވި އެވެ. މީގެ އިތުރުން، ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްކެވި މި ނަމޫނާ މަސައްކަތަށްޓަކައި އެ ކޮމިޓީއަށް އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ.

މެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

35 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

41 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

78 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

82 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

84 ދުވަސް ކުރިން - 16:02

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

91 ދުވަސް ކުރިން - 00:52