Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުން ބާއްވައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުން ބާއްވައިފި

އައިޝަތު ރުވާ ރިފްޢަތު
161 ދުވަސް ކުރިން - 12 ފެބްރުއަރީ 2026 16:39
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުމުގެ ތެރެއިން / ފޮޓޯ:ޕީއެންސީ
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުމުގެ ތެރެއިން / ފޮޓޯ:ޕީއެންސީ
ޚުލާސާ

ކޯޓުގައި މައްސަލައެއް ހިނގަމުންދާތީ މިއަދު ގުރުއަތުލުން ތުލުސްދޫ އާއި ގުރައިދޫގައި ކުރިއަށް ނުދާކަމަށް އީސީން ފާހަގަކުރި.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ، ޝަރުތު ހަމަވެފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ މިއަދު ހެނދުނު 10:00 އިން ފެށިގެންނެވެ. މާލެ ސިޓީގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތުލުން ކުރިއަށްދިޔައީ އިންތިހާބާ ބެހޭ މަރުކަޒުގަ އެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ސިޓީތަކުގައި މި މަސައްކަތް ކުރިއަށްދިޔައީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ހާއްސަ ތަންތަނުގަ އެވެ.

މިއަދު ގުރުއަތުލުން ބާއްވާފައި ނުވަނީ ރާއްޖޭގެ އެންމެ ދެ ރަށެއްގަ އެވެ. އެއީ ކޯޓުގައި މައްސަލައެއް ހިނގަމުންދާތީ، ކ. ތުލުސްދޫ އާއި ކ. ގުރައިދޫ އެވެ. މި ދެ ރަށުގެ ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުލުން މިއަދު ކުރިއަށް ނުގެންދާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

Advertisement 1

މި އިންތިހާބުތަކުގައި ވާދަކުރުމަށް ޖުމްލަ 2,994 ކެންޑިޑޭޓުން ހުށަހެޅި ނަމަވެސް، 32 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމާ ގުޅިގެން މިހާރު ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 2,962 އެވެ. ނަން ތަރުތީބުކޮށް ނިމުމުން، ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިހާބު ކުރެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ކ. ގުރައިދޫކ. ތުލުސްދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

1 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

22 ދުވަސް ކުރިން - 20:59

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

40 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

41 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

47 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

48 ދުވަސް ކުރިން - 10:25