Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޖީޖީއާއި އެއްކޮށް އުޅުނުއިރު އޭނާ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ޒޭން ބުނެފި

އައިޝަތު ރުވާ ރިފްޢަތު
253 ދުވަސް ކުރިން - 12 ފެބްރުއަރީ 2026 17:44
ޒެއިން އާއި ޖީޖީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް.
ޒެއިން އާއި ޖީޖީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް.
ޚުލާސާ

ދަރިފުޅުގެ މަންމައަށް ވީތީ ޖީޖީއަށް އަބަދުވެސް އިހުތިރާމް ކުރާނެކަމަށް ޒޭން ފަހަގަކުރި.

އެއްދުވަސްވަރެއްގައި ހޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑުގެ ގޮތުގައި ފާހަގަކުރެވުނު ޒޭން މާލިކް އާއި ޖީޖީ ހަދީދުއާ ދެމެދު އޮތް ގުޅުމުގައި ހަގީގީ ލޯބި ނެތް ކަމަށް ޒޭން މާލިކް ހާމަކޮށްފި އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން އާއި ސުޕަމޮޑެލް ޖީޖީ ލޯބީގެ ގޮތުން ގުޅުނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. ދޭތެރެއަކުން ގުޅުން ކެނޑި، އަލުން ގުޅެމުން ދިޔަ މި ދެމީހުންގެ ގުޅުން އެއްކޮށް ނިމުމަކަށް އައީ 2021 ވަނަ އަހަރު، ޖީޖީގެ މަންމައާ ޖެހުނު މައްސަލައަކަށްފަހުގަ އެވެ.

އެލެކްސް ކޫޕާގެ "ކޯލް ހާ ޑެޑީ" ޕޮޑްކާސްޓްގައި އިއްޔެ ވާހަކަދައްކަމުން، ވަން ޑައިރެކްޝަންގެ ކުރީގެ މެންބަރު ޒޭން ވަނީ އޭނާގެ އިހުސާސްތައް ހާމަކޮށްފަ އެވެ. ޒޭން ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ މަންމައަށް ވީތީ ޖީޖީއަށް އަބަދުވެސް އިހުތިރާމް ކުރާނެ އެވެ. ނަމަވެސް އެއީ ރޮމޭންޓިކް ލޯބި ނުވަތަ "އިން ލަވް" ވެގެން އުޅުނު އުޅުމެއް ކަމަކަށް އޭނާ މިހާރު ގަބޫލެއް ނުކުރެ އެވެ.

Advertisement

Advertisement 1

"ތެދަށް ބުނާނަމަ، އަދި މިއީ ރެކޯޑް ކުރެވިފައި އޮންނަން ބޭނުންވާ ވާހަކައެއް، އަހަރެން އަބަދުވެސް ޖީޖީ ދެކެ ލޯބިވާނަން. އެއީ އަހަރެންގެ ދަރިފުޅު މި ދުނިޔެއަށް އައުމުގެ ސަބަބަކީ އޭނާ ކަމަށްވާތީ. އެކަމަކު އޭނާދެކެ އަހަރެންވީ 'އިން ލަވް' ކަމެއް އަހަރެންނަކަށް ނޭނގެ،" ޒޭން ބުންޏެވެ.

ޒޭން އިތުރަށް ބުނި ގޮތުގައި އެ ދުވަސްވަރު އޭނާގެ އަމަލުތައް ހުރި ގޮތުންވެސް އެއީ ހަގީގީ ލޯބި ނޫންކަން އެނގެ އެވެ. އޭނާ ބުނި ގޮތުގައި އެއީ ހަގީގީ ލޯބި ކަމަށްވާނަމަ، އޭނާ އެއަށްވުރެ ރަނގަޅު މީހަކަށް ވީސް ކަމަށެވެ. ލޯތްބާ މެދު އޭނާގެ ވިސްނުން ބަދަލުވަމުންދާކަން ފާހަގަކުރަމުން ޒޭން ބުނީ، މާޒީގައި އެއީ ލޯބި ކަމަށް ހީވިޔަސް، ބޮޑުވެ ހޭލުންތެރިވުމުން އެއީ އެދުންވެރިކަން ނުވަތަ އެހެން ކަމެއްކަން މިހާރު އިހުސާސްވާ ކަމަށެވެ.

އެގޮތުން، ޒޭން އާއި ޖީޖީގެ ފަސް އަހަރުގެ އަންހެން ދަރިފުޅު "ކައި" ބަލައި ބޮޑުކުރުމުގެ ޒިންމާ، އެ ދެފަރާތުން މިހާރު އުފުލަމުންދަނީ ގުޅިގެން ކޯ-ޕޭރެންޓިންގް އުސޫލުންކަަމަށް ވެސް ޒޭން ފާހަގަކުރި އެވެ.

ޖީޖީއާ ގުޅުމުގެ ކުރިން ޒޭން ވަނީ "ލިޓްލް މިކްސް" ގެ ލަވަކިޔުންތެރިޔާ ޕެރީ އެޑްވާޑްސްއާ އެންގޭޖްވެސް ވެފަ އެވެ. އަދި ޖީޖީ މިހާރު އަންނަނީ 2023 ވަނަ އަހަރުން ފެށިގެން މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާއާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅެމުންނެވެ.

ހޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

58 ދުވަސް ކުރިން - 13:26

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

66 ދުވަސް ކުރިން - 12:36

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

97 ދުވަސް ކުރިން - 18:53

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

102 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

105 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

110 ދުވަސް ކުރިން - 20:18