Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަސްމާލޭ ބިންހިއްކުމުގެ މަޝްރޫއު: މިހާތަނަށް ސައިޓް އޭއިން 116 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލޭ ބިންހިއްކުމުގެ މަޝްރޫއު: މިހާތަނަށް ސައިޓް އޭއިން 116 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
111 ދުވަސް ކުރިން - 12 ފެބްރުއަރީ 2026 16:35
ރަސްމާލެ ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށްގެންދަނީ--- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށްގެންދަނީ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ 'ކްރިސްޓޯބަލް ކޮލޯން' ބޭނުންކޮށްގެން

ރަސްމާލޭ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ސައިޓް އޭއިން 116 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.

އެމްއޭސީއެލްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރަސްމާލޭ ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 116 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. މިއީ މަޝްރޫއުގެ 84.36 އިންސައްތަ މަސައްކަތް ކަމަށާއި، މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ރަސްމާލޭ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރޭގައި ހިމެނޭ، 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ 'ކްރިސްޓޯބަލް ކޮލޯން' ބޭނުންކޮށްގެންނެވެ. މި ޑްރެޖަރު އޮޕަރޭޓް ކުރަނީ "ޖޭން ޑެ ނަލް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

Advertisement

Advertisement 1

ދުނިޔޭގެ އެންމެ ފުރުތަމަ އިކޯ ސިޓީގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ ހިއްކައި ނިމުމާއެކު މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. މި މަޝްރޫއުގެ ދަށުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ގޯއްޗާއި ފްލެޓް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެމްއޭސީއެލްއިން އަންނަނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ރަސްމާލޭ ސައިޓް އޭ ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ރަސްމީކޮށް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ވަނަ ދުވަހު އެވެ.

ރަސްމާލެބިން ހިއްކުންއެމްއޭސީއެލް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

15 ގަޑިއިރު ކުރިން - 17:15

އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލުން ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ

އީދު ހަވީރުގައި ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ: އެމްއޭސީއެލް

9 ދުވަސް ކުރިން - 15:56

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

21 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

21 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

27 ދުވަސް ކުރިން - 20:53

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

34 ދުވަސް ކުރިން - 14:30