މާދަމާ ސީޕްލޭންގެ ހިދުމަތް ތޮއްޑޫގައި ފަށާނެވެ.
މޯލްޑިވިއަނުން މިހާރުވަނީ ސީޕޮލޭނުގެ ހިދުމަތް ތޮއްޑުގައި މާދަމާ ފެށުމަށް ތައްޔާރުވެފަ އެވެ. އެގޮތުން މޯލްޑިވިއަނުން އެންމެ ފަހުން ސީޕްލޭނުގެ ހިދުމަތް ފަށާފައިވަނީ ނ. ވެލިދޫގައި އެވެ. ތޮއްޑޫއަށް ސީޕޮލޭނުގެ ހިދުމަތް ހަފްތާއަކު ދެ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގެ ދަތުރުފަތުރު ފަސޭހަކުރުމަށް ޓަކައި ބައެއް ރަށްރަށުގައި ސީޕްލޭންގެ ހިދުމަތް ފަށައިދިނުމަށް ރައްޔިތުން އެދެމުން އައި އެދުމުގެ މަތިން އެ މަނިކު ގެންދަވަނީ މި ހިދުމަތް އެ ރަށްތަކުގައި ފައްޓަވަމުންނެވެ.
އޭގެ އިތުރުން ތޮއްޑޫއަކީ އިގްތިސާދީ ގޮތުންނާއި ފަތުރުވެރިކަމުގައި ކުރި އަރާފައިވާ ރަށަކަށްވީ އިރު، ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ތައާރަފް ކުރުން ވާނީ ރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިންނަށް ވެސް ލިބޭނެ ބޮޑު ލުއި ފަސޭހަޔަކަށެވެ.









