Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީރިއާގެ ވެރިކަން ވައްޓާލައި އެތަން ހިފީ ތުރްކިޔޭއިން - ޓްރަމްޕް

ސީރިއާގެ ވެރިކަން ވައްޓާލައި އެތަން ހިފީ ތުރްކިޔޭއިން - ޓްރަމްޕް

ހުސައިން އިސްމާއިލް
164 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 17:16
އެރްދޮޣާން އާއި ޓްރަމްޕްގެ ބައްދަލުވުމެއްގެ ތެރެއިން - އެރްދޮޣާން އަކީ ވަރަށް ޙިކުމަތްތެރި ރައީސެއް ކަމަށް ޓްރަމްޕް ބުނޭ.
އެރްދޮޣާން އާއި ޓްރަމްޕްގެ ބައްދަލުވުމެއްގެ ތެރެއިން - އެރްދޮޣާން އަކީ ވަރަށް ޙިކުމަތްތެރި ރައީސެއް ކަމަށް ޓްރަމްޕް ބުނޭ.
ޚުލާސާ

ސީރިއާ ހިފީ އަންކާރާ އިން ކަމަށް ޓްރަމްޕް ބުނި ކަމުގައި ވިޔަސް ތުރްކިޔޭގެ އޮފިޝަލުން އެކަމާއި އިންކާރު ކުރޭ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި އެތަން ހިފީ އެރްދޮޣާން ގެ މޭސްތިރުކަމުގެ ދަށުން ކަމަށާއި އެ ސަރަޙައްދުގައި އޮތް އެންމެ ޙިކުމަތްތެރި ސަރުކާރަކީ ވެސް ތުރްކިޔޭގެ ސަރުކާރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް ވިދާޅުވީ ތުރްކިޔޭ އަމަލުކުރެއްވީ "ވަރަށް ސްމާޓްކޮށް" ކަމަށާއި އަސަދުގެ ވެރިކަން ބަދަލު ކޮށްލީ ލޭއޮހޮރުވުންތައް ވެސް ނުހިންގައި ކަމަށެވެ.

ސީރިއާގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާ އިން އެއްވެސް މިންވަރެއްގެ ރޯލެް އަދާކުރި ކަމުގެ އެއްވެސް ވާހަކައެއް ޓްރަމްޕް ނުދައްކައެވެ.

Advertisement

Advertisement 1

ސީރިއާ ހިފީ އަންކާރާ އިން ކަމަށް ޓްރަމްޕް ބުނި ކަމުގައި ވިޔަސް ތުރްކިޔޭގެ އޮފިޝަލުން އެކަމާއި އިންކާރު ކުރެއެވެ. އަންކާރާ އިން ބުނަނީ ސީރިއާގެ ސަރަހައްދީ އެއްބައިވަންތަކަމަށް ތާއީދުކުރާ ކަމަށާއި ސީރިއާގެ ރައްޔިތުން އިހްތިޔާރުކުރާ ގޮތްތަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން އެކަމުގެ އުފަލުގައި ސީރިޔާގެ ރައްޔިތުން އިސްތަންބޫލުގައި އުފާ ފާޅުކުރަނީ (ފޮޓޯ: އޭއެފްޕީ)

ސީރިއާގެ އުތުރުގެ ބައެއް ހިސާބުތަކުގައި އޮންނަނީ ތުރުކިޔޭ ސިފައިންގެ ނުފޫޒެވެ.

ތުރުކިޔޭގެ އަސްކަރިއްޔާއިންނާއި އެކުވެރި ސީރިއާގެ ހަނގުރާމަވެރި ގްރޫޕްތަކުން ސީރިއާގެ އުތުރުގެ ބައެއް ހިސާބުތަކުގެ މައްޗަށް ކޮންޓްރޯލް ގާއިމްކުރީ 2016 އިން ފެށިގެން ބޯޑަރު ހުރަސްކޮށް ކުރިއަށް ގެންދިޔަ ސިލްސިލާ އޮޕަރޭޝަންތަކެއްގެ ތެރެއިންނެވެ.

24 އޮގަސްޓް 2016 އިން ފެށިގެން 29 މާރޗް 2017 އާއި ހަމަޔަށް ތުރްކިޔޭ އިން ހިންގި ބޮޑު އޮޕަރޭޝަނުގައި ވަނީ ސީރިއާގެ ބޯޑަރު ކައިރިން ގާތްގަނޑަކަށް 2،055 ކިލޯމީޓަރުގެ ބިން ރައްކާތެރިކޮށް، ސީރިއާގެ މުހިއްމު އަވަށްތަކުން ޓެރަރިސްޓުން ފައްސާލާފައެވެ.

އެއަށް ފަހު 2018 އަދި 2019 ގައި ތުރްކިޔޭ އިން “އޮޕަރޭޝަން އޮލިވް ބްރާންޗް” އަދި “އޮޕަރޭޝަން ޕީސް ސްޕްރިންގް” ގެ ނަމުގައި އަސްކަރީ ވަރުގަދަ ޙަރަކާތެއް ފެށިއެވެ. މަޤްޞަދަކީ ތުރްކިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި މިޝަންގައި، އަފްރީނާއި އިރުމަތީ ޔޫފްރެޓިސް ސަރަހައްދުތަކުގެ އިތުރު ތަންތަން ޙިމާޔަތް ކުރިއެވެ.

މީގެ އިތުރުން އެ ސަރަޙައްދު ހަލާކު ކުރުމަށް އެމެރިކާ އިން ކުޅުނު ގޭމު ވެސް ތުރްކިޔޭ އިން ހުއްޓުވިއެވެ. އެ ގޭމަކީ ކުރްދީ ޓެރަރިސްޓުން ލައްވައި ސަރަޙައްދަށް އަތްގަދަ ކުރުވުމެވެ. ތުރްކިޔޭގެ ވެރިކަން ވައްޓަލައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއްް ތުރްކިޔޭގައި ޤާއިމް ކުރުމެވެ. މިކަމަށްޓަކައި އެމެރިކާ އިން ދިޔައީ ކުރްދީ ހަނގުރާމަވެރިންނަށް ގިނަ ޢަދަދަކަށް ހަތިޔާރާއި ފައިސާ އޮއްސަމުންނެވެ. އެ މީހުން އުޅުނީ ރައީސް އެރްދޮޣާންގެ ވެރިކަން ފުރޮޅާލުމަށެވެ. ނަމަވެސް، ތުރްކިޔޭގެ ޙަމަލާތައް ވަރުގަދަވުމުން، އެ ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިން ވެސް އެންމެ ފަހުން “ފިލީ”އެވެ. އާޚިރުގައި ސީރިއާ ތެރެއަށް ޖަބަހަތުއްނުޞްރާ އާއި އެހެނިހެން ޖަމާޢަތްތަކުން ވަދެ ލޭއޮހޮރުވުމަކާއި ނުލައި އަސަދުގެ ވެރިކަން ފުރޮޅައިލީއެވެ.

ކޮންމެޔަކަސް، ތުރްކިޔޭ އާއި އެހެން ދައުލަތްތަކުގެ ތާޢީދާއި އެކު ޑިސެމްބަރު 2024 ގައި އަނިޔާވެރި ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށް، ސީރިއާގެ ސަރުކާރު މިހާރު އެ އޮތީ ބަދަލު ކޮށްފައެވެ.

ރަޖަބް ތައްޔިބް އެރްދޮގާންޑޮނަލްޑް ޓްރަމްޕުތުރްކިއޭސީރިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

7 ދުވަސް ކުރިން - 12:20

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް މެދުން ބިނދި އަޑިއަށް!

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް ފެތިއްޖެ!

10 ދުވަސް ކުރިން - 18:46

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

17 ދުވަސް ކުރިން - 17:15