ސައިންސްގެދާއިރާގައި ރާއްޖޭގެ މުސްތަގުބަލަށް އަންހެނުންގެ ދައުރު މުހިންމު: ރައީސް

މަރްޔަމް މާޙީ | 11 ގަޑިއިރު ކުރިން - 11 ފެބްރުއަރީ 2026 16:03
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ މެސެޖެއް ރައީސް ދެއްވައިފި---ފޮޓޯ: ރައީސް އޮފީސް
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ މެސެޖެއް ރައީސް ދެއްވައިފި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސައިންސްގެދާއިރާގައި ރާއްޖޭގެ މުސްތަގުބަލަށް އަންހެނުންގެ ދައުރު މުހިންމު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ

ސައިންސްގެ ރޮނގުން މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގަ އެެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަމުގައެވެ. އެގޮތުން, މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ހަމަމިއާއެކު މަތީ ތައުލީމާއި، ސްކޮލާޝިޕް އަދި ފަންނީ ތަމްރީނުތަކަށް އަދުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް)، އައި.ސީ.ޓީ އަދި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުން ޝައުގުވެރިވެ، މިދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ އެކަމަށް ތައުރީފު ކޮށްފަ އެވެ.

ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމުގައި ހުރި ޒަމާންވީ އިޖުތިމާއީ ހުރަސްތައް ގިރާކުރައްވައި ކާމިޔާބީ ހޯއްދަވާފައިވާ އަންހެން ބޭފުޅުންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވާފަ އެވެ.



Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%