މިއީ އެންމެ ގިނަ ހާފިޒުން ދަސްވެނިވާ އަހަރު، 31 ހާފިޒުން!

މަރްޔަމް މާޙީ | 18 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 14:18
2025ވަނަ އަހަރު ހާފިޒުން ދަސްވެނިވުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
2025ވަނަ އަހަރު ހާފިޒުން ދަސްވެނިވުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއަހަަރު 31 ހާފިޒުން ދަސްވެނިވާނެ. މިއީ މިހާތަނަށް އެންމެ ގިނަ ހާފިޒުން ދަސްވެނިވާ އަހަރު.

މިއީ އެންމެ ގިނަ ހާފިޒުން ދަސްވެނިވާ އަހަރުކަމަށާއި, މި އަހަރު 31 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްްސްގައި މިއަދު ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރު ހާފިޒުން ދަސްވެނިވުމުގެ ޝަރަފްވެރި ހަފްލާގެ އެންމެހައި ކަންކަމެއް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި ހާފިޒުން އުފެއްދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަހަރު ހާފިޒުން ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގެ އެންމެހައި ކަންކަމެއްވަނީ ފުރިހަމަ ކުރެވިފަ. އަލްޙަމްދު ﷲ. މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު. މިއަހަރުގައި އަލަށް 31 ހާފިޒުން ދަސްވެނިވާނެ އިންޝާ ﷲ," މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

މިދިޔަ އަހަރު ހާފިޒުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި 22 ހާފިޒުން ވަނީ ދަސްވެނިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އަދި މި ރަސްމިއްޔާތުގައި ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ 27 ވިލޭރޭގައި ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ޖަލްސާ ބާއްވަން ނިންމައިފައިވާކަން މިނިސްޓަރު ޝަހީމް ވަނީ އިއުލާނުކުރައްވާފަ އެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށްޓަކައި، މި ސަރުކާރުން ވަނީ ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކޮށްދެއްވާފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%