Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކެތުރިން އޯހާރާ މަރުވީ ފުއްޕާމޭގައި ލޭގަނޑުވުމުގެ ސަބަބުންކަން ހާމަވެއްޖެ

ކެތުރިން އޯހާރާ މަރުވީ ފުއްޕާމޭގައި ލޭގަނޑުވުމުގެ ސަބަބުންކަން ހާމަވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
153 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 22:34
ކެތުރިން އޯހާރާ---
ކެތުރިން އޯހާރާ---
ޚުލާސާ

2025 މާރިޗުން ފެށިގެން ފުރަގަސްފަރާތުގެ ކެންސަރަށް ފަރުވާ ކެތްރީނާ ހޯދާފައިވޭ.

މަޝްހޫރު އެވޯޑް ހާސިލްކޮށްފައިވާ ފަންނާނު ކެތުރިން އޯހާރާ މަރުވީ ފުއްޕާމޭގައި ލޭގަނޑުވެގެންކަން އެމެރިކާގައި ދޫކޮށްފައިވާ އޭނާގެ މަރުގެ ސެޓްފިކެޓުން ހާމަވެއްޖެ އެވެ.

އުމުރުން 71 އަހަރުގެ އޯހާރާ މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ހޮސްޕިޓަލެއްގަ އެވެ. މަރުގެ ސެޓްފިކެޓުގައިވާ ގޮތުން، ފުއްޕާމޭގައި ލޭގަނޑުވުމުގެ އިތުރުން، އޭނާ މަރުވުމަށް މެދުވެރިވި ދިގުމުއްދަތުގެ ސަބަބަކީ ފުރަގަސްފަރާތުގެ ކެންސަރެވެ. އޭނާ އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ 2025 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެންކަމަށް ވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ކެނެޑާއަށް އުފަން، އަދި އެންމެ ފަހުން "ދަ ސްޓޫޑިއޯ" އާއި "ދަ ލާސްޓް އޮފް އަސް" ފަދަ މަޝްހޫރު ސިލްސިލާތަކުން ފެނިގެންދިޔަ މި ފަންނާނުގެ ވަކިވުމާ ގުޅިގެން ފަންނީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް ޝުއޫރުތައް ބަދަލުކުރަމުންނެވެ.

Advertisement

Advertisement 1

އެކްޓަރު އަދި "ދަ ސްޓޫޑިއޯ" ގެ އުފެއްދުންތެރިޔާ ސެތު ރޯގަން ބުނި ގޮތުގައި އޯހާރާގެ މަރުގެ ހަބަރާއެކު އޭނާއަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވެ އެވެ. އޭނާ އޯހާރާ ސިފަކުރީ އިންތިހާއަށް ހިތްހެޔޮ، ދީލަތި އަދި މީހުންނާ ގުޅޭ ހުނަރުވެރި ފަންނާނެއްގެ ގޮތުގައެވެ. "ދަ ލާސްޓް އޮފް އަސް" ގައި އޯހާރާއާއެކު މަސައްކަތްކުރި އެކްޓަރު ޕެޑްރޯ ޕަސްކަލް ބުނީ، އޯހާރާ ފަދަ މޮޅު ފަންނާނަކާ ގާތުގައި މަސައްކަތް ކުރަން ލިބުމަކީ އަބަދުވެސް ޝުކުރުވެރިވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން، "ޝިޓްސް ކްރީކް" ކޮމެޑީ ސިލްސިލާގައި އޯހާރާ ދެއްކި މޮޅު ހުނަރުގެ ސަބަބުން އޭނާއަށް ވަނީ އެންމެ މޮޅު ކޮމެޑީ ބަތަލާގެ އެމީ އެވޯޑް ލިބިފަ އެވެ. އެ ސިލްސިލާގެ އުފެއްދުންތެރިޔާ ޔޫޖީން ލެވީ ބުނިގޮތުގައި، ވޭތުވެދިޔަ 50 އަހަރު އޯހާރާއާއެކު މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއްކަމަށެވެ.

"ހޯމް އެލޯން" ފިލްމުތަކުގައި އޯހާރާގެ ދަރިފުޅުގެ ރޯލު ކުޅުނު މެކޯލީ ކަލްކިން ވެސް ވަނީ އޭނާގެ "ސްކްރީން މަންމަ" އަށް ވަރަށް އަސަރުގަދަ ވަދާއީ މެސެޖެއް ފޮނުވާފަ އެވެ. "މަންމާ، އަދި އަހަރެމެންނަށް ވަގުތު އޮތް ކަމަށް އަހަރެން ހީކުރިން،" ކަލްކިން ލިޔެފައިވެ އެވެ.

އޯހާރާ މަރުވިއިރު، އޭނާގެ ފިރިމީހާ ބޯ ވެލްޗްގެ އިތުރުން ދެ ފިރިހެން ދަރިން ކަމަށްވާ މެތިއު އާއި ލޫކް، އަދި އޭނާގެ ހަ އާއިލީ މެންބަރުން ދުނިޔޭގައި އެބަތިއްބެވެ.

އިނގިރޭސިވިލާތުގެ ސިއްހީ ހިދުމަތްދޭ އެންއެޗްއެސް އިން ހާމަކުރާ ގޮތުގައި، ފުއްޕާމޭގައި ލޭގަނޑުވުމަކީ ފުއްޕާމޭގެ ލޭހޮޅިއެއްގައި ލޭގަނޑެއް ތާށިވުމުގެ ސަބަބުން ދިމާވާ، ފުރާނައަށް ނުރައްކާވެދާނެ ހާލަތެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ނޭވާލާން އުނދަގޫވުމާއި، ނޭވާލާއިރު މޭގައި ރިއްސުން އިތުރުވުމާއި، އަދި ކެއްސާއިރު ލޭ އައުން ހިމެނެ އެވެ.

ހޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

1 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

4 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

9 ދުވަސް ކުރިން - 20:18

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

31 ދުވަސް ކުރިން - 22:21

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

42 ދުވަސް ކުރިން - 21:57

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

42 ދުވަސް ކުރިން - 21:51