Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަހަރުގެ މިހާތަނަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

އަހަރުގެ މިހާތަނަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ހައްވާ މިރުފާ
156 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 09:02
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--- ފޮޓޯ:ޚުލާސާ
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--- ފޮޓޯ:ޚުލާސާ
ޚުލާސާ

ރާއްޖެއަށް މިއަހަރުގެ މިހާތަނަ 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން، މި މަހު 8 ދުވަހު އެކަނި 10،000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި

އަހަރުގެ މިހާތަަނަށް ރާއްޖެއަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހު އެކަނި ވެސް 224,788 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ފެބުރުއަރީ މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ތެރޭގައި 78,700 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަކީ ރަޝިޔާ އެވެ. ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 36,441 ފަތުރުވެރިންނެވެ. އޭގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ގައުމުތަކުގެ ތެރޭގައި އިޓަލީ، ޗައިނާ އިނގިރޭސި ވިލާތް، އަދި ޖަރުމަނުވިލާތް ހިމެނެ އެވެ.

Advertisement

Advertisement 1

ރަޝިޔާ: 36,441 ފަތުރުވެރިން

އިޓަލީ: 30,344 ފަތުރުވެރިން

ޗައިނާ: 28,140 ފަތުރުވެރިން

ޔޫކޭ: 25,607 ފަތުރުވެރިން

ޖަރުމަނުވިލާތް: 21,791 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މުއްދަތުގައި ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ކަމަށެވެ.

ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކޮށްފައި ވަނީ 206,405 ފަތުރުވެރިންނެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 82,098 ފަތުރުވެރިންނެވެ. އޭގެ އިތުރުން ހޮޓާ އަދި ސަފާރީ އުޅަނދުގައި ޗުއްޓީ ހޭދަ ކޮށްފައި ވަނީ ޖުމްލަ 14،692 ފަތުރުވެރިންނެވެ. އެއީ ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރި 8,305 ފަތުރުވެރިންނާއި ސަފާރީ އުޅަނދު ޗުއްޓީ ހޭދަ ކުރި 6,387 ފަތުރުވެރިންނެވެ.

ހަމަ އެހެންމެ މި ފެބުރުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެ އައީ 10,462 ފަތުރުވެރިންނެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Ad
Ad

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

14 ދުވަސް ކުރިން - 21:31

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

58 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

62 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

73 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

73 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

76 ދުވަސް ކުރިން - 13:26

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%