Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަހި ފްލެޓްތަކުގެ ތިރިއަށް ކުނި އެޅި ބަޔަކު ޖޫރިމަނާކޮށްފި

ފަހި ފްލެޓްތަކުގެ ތިރިއަށް ކުނި އެޅި ބަޔަކު ޖޫރިމަނާކޮށްފި

ހައްވާ މިރުފާ
211 ދުވަސް ކުރިން - 10 ފެބްރުއަރީ 2026 20:15
ފަހި ފްލެޓް ސަރަހައްދުގައި އުސޫލާ ހިލާފަށް، އަޅާފައިވާ ކުނި---
 ފޮޓޯ: ހުލާސާ
ފަހި ފްލެޓް ސަރަހައްދުގައި އުސޫލާ ހިލާފަށް، އަޅާފައިވާ ކުނި--- ފޮޓޯ: ހުލާސާ
ޚުލާސާ

ފަހި ފްލެޓްތަކުގައި އުސޫލާއި ހިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރާނެ، އެހެންކަމުން އެފްލެޓްތަކުގައި ދިރިއުޅޭ ފަރާތަކުން އުސޫލާ އެއްގޮތަށް ކުނި އުކާލުން މުހިންމު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި 4،000 ފްލެޓްތަކުގައި ތިރިއަށް އުސޫލާއި ހިލާފަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާ ޖޫރިމަނާކުރަން ފަށައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެ ހައުސިން ޔުނިޓުތަކުގެ އާންމު ސަރަހައްދުތަކާއި، އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމޭންހެން ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ބައެއް ފަރާތްތަކުން ކުނި އަޅަމުންދާކަން އެކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެގޮތަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ އެހެން އާއްމު ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ އެކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް އަޅާފައިވާ ކުނި ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މިކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި އެފްޑީސީން ބުނީ، އަމާން ދޯދި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި ދޯދީގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ މި މަސައްކަތަށް ޓަވަރުތަކުގައި ދިރިއުޅޭ މީހުން ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި، ކުނި އުކާލުމުގައި އެފްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކޮށްފަ އެވެ.

Advertisement

Advertisement 1

އެފްޑީސީން ވަނީ ކުނި އުކާލުމަށް ހާއްސަ ސަރަހައްދުތައް އެފްލެޓްތަކުގައި ކަނޑައަޅާފަ އެވެ. އެގޮތުން އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި، ކުނި ޖަމާކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ގޭބިސީތަކުން އުފެދޭ ކުނި އުކާލަން ވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖު ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ކުނިވަށިތަކަށެވެ. މީގެއިތުރުން ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު، އުފެދޭ ފޮށިގަނޑުތަކާއި، ފުޅިމަދު އަދި އެނޫންވެސް ތަކެތި އުސޫލުތަކާއި އެއްގޮތަށް އުކާލުމަކީ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އެފްޑީސީން ބުނެއެވެ.

އެހެންކަމުން މި އުސޫލުތަކާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް އެފްޑީސީން ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންވެމްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

7 ދުވަސް ކުރިން - 14:41

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

22 ދުވަސް ކުރިން - 19:57

ފޭސް 2 ގެ އާންމު ސަރަހައްދުތަކުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާންމު ސަރަހައްދުތަކުން އެފްޑީސީން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

38 ދުވަސް ކުރިން - 10:48

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

83 ދުވަސް ކުރިން - 16:32

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

97 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

125 ދުވަސް ކުރިން - 20:49