Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާ- އީރާނުގެ ކޯޅުން: މަޝްވަރާތަކުގައި އެމެރިކާއިން އިސް ޖެނެރަލެއް ހިމެނީ ކީއްވެ؟

އެމެރިކާ- އީރާނުގެ ކޯޅުން: މަޝްވަރާތަކުގައި އެމެރިކާއިން އިސް ޖެނެރަލެއް ހިމެނީ ކީއްވެ؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
206 ދުވަސް ކުރިން - 10 ފެބްރުއަރީ 2026 09:19
އެމެރިކާ ކަނޑުގެ ސިފައިންގެ އެޑްމިރަލް ކޫޕާ---
އެމެރިކާ ކަނޑުގެ ސިފައިންގެ އެޑްމިރަލް ކޫޕާ---
ޚުލާސާ

އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިންތާ ކުޑައިރުކޮޅެއްފަހުން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ގާބިލުކަމާ ބެހޭ ގޮތުން ކޫޕާ ވަނީ ވަރަށް ދިގުކޮށް ވާހަކަތަކެއް ދައްކަވާފަ

އެމެރިކާ އާއި އީރާނުގެ ވަފުދު، ހުކުރު ދުވަހު ފެށި ނިއުކްލިއާ މަޝްވަރާތަކުގައި އެންމެންގެ ނަޒަރު ކުއްލިއަކަށް އަމާޒުވީ އެމެރިކާގެ އެންމެ އިސް އެއް އަސްކަރީ ކޮމާންޑަރަށަކަށެވެ. ހަމައެއާއެކު އެއީ ޑިޕްލޮމެޓިކް މަޝްވަރާތަކެއްތޯ ނުވަތަ އެމެރިކާއިން އެ މަޝްވަރާތަކުގައި ވެސް އީރާނަށް "ގަދަ ބާރު"ގެ މެސެޖެއް ފޮނުވަނީތޯ ސުވާލު އުފެދުނެވެ.

މަތީ ފެންވަރުގެ ޑިޕްލޮމެޓިކް މިޝަނަކަށް އަސްކަރީ ލީޑަރުން ފޮނުއްވުމުގެ އާދަޔާ ހިލާފު ފިޔަވަޅެއް ރައީސް ޑޮނަލްޑް ޓްރަމްޕް އަޅައި، އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވި މަޝްވަރާތަކަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވަނީ ފޮނުވާފަ އެވެ.

ކޫޕާ ބައިވެރިވީ އޭނާގެ އަސްކަރީ ޔުނިފޯމްގަ އެވެ. އެއީ އެމެރިކާގެ އަސްކަރިއްޔާ އީރާނުގެ ސަރަހައްދުގައި ތައްޔާރަށް ތިބިކަން ހާމަކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސް ޓްރަމްޕް ކުރި ކަމެއްކަމަށް ބެލެވެ އެވެ.

Advertisement

Advertisement 1

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ބަރަކް އޮބާމާގެ ވެރިކަމުގައި ގައުމީ ސަލާމަތުގެ މަގާމުތައް އަދާކުރި އެލިސާ އެވާސް ބުނީ ޑިޕްލޮމެޓިކް މިޝަންތަކަށް އަސްކަރީ ލީޑަރުން ފޮނުވައި ޓްރަމްޕްގެ ވެރިކަމުގައި ޕްރޮފެޝަނަލް ޑިޕްލޮމެޓުންގެ މުހިންމުކަން ކުޑަކޮށް، ހާރިޖީ ސިޔާސަތުގެ ގޮންޖެހުންތައް ހައްލުކުރުމަށް އަސްކަރިއްޔާއަށް އިތުރަށް ބަރޯސާ ވެފައިވާކަން ހާމަވާ ކަމަށެވެ.

އޭނާ ބުނީ "ކާމިޔާބު ޑިޕްލޮމެސީއަކަށް އާންމުކޮށް ވަގުތާއި އިންވެސްޓްމަންޓާއި މަސައްކަތް، ބޭނުންވާ ކަމަށާއި ކޮންމެ މައްސަލައެއް ގަދަކަމުން ހައްލު ނުކުރެވޭނެ" ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުގައި ޖޯޖް ޑަބްލިއު ބުޝްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި އެލިއަޓް ކޯހެން ހަނދާންކޮށްދިނީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ޖެނެރަލުން ވެސް ސޯވިއެޓް ޔޫނިއަންއާ އެކު ހަތިޔާރު ވަޒަން ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވި ކަމެވެ.

"ރައީސުން ގިނަ ފަހަރަށް އާދަޔާ ހިލާފު ޝަހުސިއްޔަތުން މަންދޫބުންގެ ގޮތުގައި ފޮނުވަނީ އެމީހުންނަށް އިތުބާރުކޮށް، އެ މެސެޖު ފައިދާހުރި ގޮތެއްގައި ފޯރުކޮށްދެވޭނަމަ،" އެމެރިކާގެ ޑިޕްލޮމޭޓަކު ބުންޏެވެ.

މަތީ ފެންވަރުގެ އަސްކަރީ ހާޒިރީގެ މަގުސަދު

ބްރޫކިންގްސް އިންސްޓިޓިއުޝަންގެ ޑިފެންސް އެންޑް ފޮރިން ޕޮލިސީގެ މާހިރެއް ކަމަށްވާ މައިކަލް އޯހެންލޮން ބުނީ ކޫޕާ އެ ވަފުދުގައި ހިމެނުމުގެ ބޭނުމަކީ ބޮޑާކަން ދައްކައި، ބިރުދެއްކުމުގެ މެސެޖެއް ފޮނުވުމަށް ކަމަށެވެ.

"ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު ހިމެނުމަކީ އާދަޔާ ހިލާފު ފިޔަވަޅެއް. އެއީ ވާހަކަ ދައްކާ ޓީމަށް ބަރުދަން އިތުރު ކުރުމަށް ވުރެ ބޮޑަށް މެސެޖެއް ފޮނުވުމަށް ކުރި ކަމެއް." އޭނާ ބުންޏެެވެ.

ބުޝް ޖޫނިއާގެ އިރުޝާދުގެ ދަށުން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެދުއިރުމަތީގެ ކަންކަމުގެ ޑިރެކްޓަރުކަން ކުރި މައިކަލް ސިންގް ބުނީ ކޫޕާ ވަފުދުގައި ހިމެނި ބޮޑު ސަބަބަކީ އޭނާގެ ތަޖުރިބާ ކަމަށެވެ. މައިކަލް ސިންގް ބުނީ ވިޓްކޯފް އާއި ކުޝްނާ އަކީ އާންމު މުއާމަލާތްކުރާ ބައެއް ކަމަށާއި ކޫޕާއަކީ ސަރަހައްދީ މާހިރެއް ކަމަށެވެ.

ޖޫން މަހު އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިންތާ ކުޑައިރުކޮޅެއްފަހުން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ގާބިލުކަމާ ބެހޭ ގޮތުން ކޫޕާ ވަނީ ވަރަށް ދިގުކޮށް ވާހަކަތަކެއް ދައްކާފަ އެވެ.

އެމެރިކާގެ ވަފުދުގެ އިސްވެރިޔަކީ މެދުއިރުމައްޗަށް ރައީސް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފްއެވެ. އޭގެ އިތުރަށް ރައީސް ޓްރަމްޕްގެ ދަނބިދަރިފުޅު ޖޭރެޑް ކުޝްނާ ވެސް އެ ވަފުދުގައި ހިމެނެ އެވެ.

އީރާނުގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ހާރިޖީ ވަޒީރު އައްބާސް އަރާކްޗީ އެވެ. ދެ ވަފުދުން ވެސް ވަނީ ނުސީދާ ގޮތެއްގައި އައްމާންގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތައް ފަހި ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ޓްރަމްޕް ހާމަކުރިގޮތުގައި މަޝްވަރާތައް ވަރަށް ރަނގަޅެވެ. އަދި ހަފުތާއެއް ފަހުން އިތުރު ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެމެރިކާ އެދޭގޮތަށް އީރާނަށް ނިއުކްލިއާ ޕްރޮގްރާމްގެ ކަންތައް ކުރިއަށް ނުގެންދެވޭނަމަ އޭގެ ނަތީޖާ ސީރިއަސްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފަ އެވެ.

މަޝްވަރާތަކުގެ މާހައުލު "ވަރަށް ފަހި" އަދި "ރަނގަޅު ފެށުމެއް" ކަމަށް އަރާކްޗީ ސިފަކުރެއްވި ނަމަވެސް އިތުބާރު އުފެއްދުމަށް އަދިވެސް ދިގު ދަތުރެއް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޔޫރޭނިއަމް މުއްސަނދިކުރުމުގެ ރޭޓް ދަށްކޮށްގެން ހިތްހަމަޖެހުން ލިބޭ ޑީލަކަށް ދާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް." އޭނާ ވިދާޅުވި އެވެ.

އަރާކްޗީ ފާހަގަކުރެއްވި ގޮތުގައި ޔޫރޭނިއަމް މުއްސަނދިކުރުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް މަޝްވަރާތަކުގައި އެތައް ފަހަރަކު ޔޫރޭނިއަމް އިތުރަށް ފައްކާނުކޮށް ހުއްޓާލައިގެން ތިބެން އީރާނުން ވަނީ ދެކޮޅުހަދާފަ އެވެ.

އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލައި އެއީ މަނާކަމެއް ކަމަށް ހެދުމަށް ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ގޮވާލާފަ އެވެ.

ހުޅަނގުގެ ގައުމުތަކާއި އިޒުރޭލުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ތުހުމަތު ކުރާއިރު، އެކަން އީރާނުން ދޮގުކޮށް، ހަމައެކަނި ސުލްހަވެރި ނިއުކްލިއާ ޓެކްނޮލޮޖީގެ ހައްގު އީރާނުން ދިފާއު ކުރެ އެވެ.

މިދިޔަ އަހަރުގެ ޖޫންމަހު އިޒުރޭލާ ކުރި ހަނގުރާމައިގެ ކުރިން އީރާނުން ޔޫރޭނިއަމް މުއްސަނދި ކުރަމުން ދިޔައީ 60 ޕަސެންޓަށް ކަމަށާއި އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގްރޭޑް ލިމިޓާ ގާތް މިންވަރެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. ކަން އެހެން އޮތްއިރު އީރާނު އެނބުރި ފަހަތަށް ދަތުރު ކުރާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އީރާން - އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

2 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

2 ދުވަސް ކުރިން - 02:42

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

4 ދުވަސް ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

6 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

9 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

11 ދުވަސް ކުރިން - 11:25