އެމެރިކާގެ އެންމެ ފަހުގެ ނުރައްކާތެރި ބޮން ކަމަށްވާ ބަންކަރ ބަސްޓަރ ބޮމުގެ ޓެކްނޮލޮޖީ އީރާނުން ހޯދައިފިއެވެ.
އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ މި ޓެކްނޮލޮޖީ އީރާނަށް ލިބުނީ މިދިޔަ އަހަރު އިސްރާއީލާއި ބައިވެރިވެގެން އެމެރިކާއިން އީރާނުގެ ނިއުކްލިއާ ސައިޓުތައް ގޮއްވާލަން ދިން ޙަމަލާގައި ބޭނުންކުރި އޭގެ ބޮމެއް ނުގޮވައި އޮތުމުން، އޭތިންނެވެ.
މި ބޮމަކީ އެ ފޮނުވައިލުމާއި އެކު އެތަނެއް ބުރުމާ އަކުން ތޮރުފާލާ ގޮތަށް ވަރަށް ބާރު ދުވެލީގައި ތޮރުފާލައި ބިމުގައި އަޑިއަށް ވަދެގެންދާ އެއްޗެކެވެ. މިސާލަކަށް 25 ބުރީގެ ޢިމާރާތެއްގެ ފުރާޅަށް މި ބޮން ވައްޓައިލިޔަސް އޭތި އެދާ ގޮތަށް ގޮސް ފުރާޅު ތޮރުފައި ހުރިހާ ފުލޯތަކެއްގެ ކޮންކްރީޓް ޝީޓުތައް (ދަގަނޑު ޝީޓެއްނަމަ އެވެސް ތޮރުފާލައި) ފައުންޑޭޝަނާއި ހަމަޔަށް ގޮސް ދެން ގޮއްވައިލަނީއެވެ. މިއީ ފަރުބަދަތައް ވެސް ގޮއްވާލާ ބާރުގަދަ ބޮމެކެވެ. ބޮޑެތި ޓަނަލް ތަކާއި ބަންކަރުތައް ފުނޑުފުނޑު ކޮށްލާ ބޮމެކެވެ. މި ބޮން ގޮއްވައިލީމާ ހީވަނީ ނުރައްކާތެރި ބޮޑު ބިންހެލުމެއް އައިހެންނެވެ.
މިހާރު އީރާނުން މި ބޮމުގެ ޓެކްނޮލޮޖީ ހޯދާފައި ވާކަމަށް ބުނާއިރު، މިފަދަ ބޮންތައް އީރާނުން އުފައްދާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ނުވަތަ ބަންކާބަސްޓާ ޓެކްނޮލޮޖީ އަޕްގްރޭޑް ކޮށްގެން އެއަށް ވުރެ މާ ނުރައްކާތެރި ބޮން އީރާނުން އުފައްދާފައި ހުރުން އެކަށީގެން ވެއެވެ.










