Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބަރުބަރީ މިސްކިތް މިމަހު 16 ގައި ހުޅުވަނީ

ބަރުބަރީ މިސްކިތް މިމަހު 16 ގައި ހުޅުވަނީ

އައިޝަތު ރުވާ ރިފްޢަތު
204 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 20:20
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް
ޚުލާސާ

ބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ އަސްރު ނަމާދަށް. މި މިސްކިތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެ.

މާލޭގައި އަލަށް ބިނާކުރި މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވާ އާދީއްތަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ، ބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ އަސްރު ނަމާދަށް ކަމަށެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ އެއްފަހަރާ 1،400 މީހުންނަށް ނަމާދު ކުރެވޭނެހާ ޖާގަ ތަނަވަސް މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއިން އަމިއްލަ ފަރާތަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ތެރޭގައި އިތުރު ގިނަ މިސްކިތްތަކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިލިމާލެ މަސްޖިދުއްސަލާމް އަދި މާލޭގެ ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. މި ދެ މިސްކިތުގެ މަސައްކަތް މިހާރު މަޑުޖައްސާލާފައިވަނީ ރަމަޟާން މަސް ކައިރިވެފައި އޮތުމުން، މިސްކިތްތައް ތަޅާލައިފިނަމަ އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެދާނެތީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މިހާރު ސްޕޮންސާ ލިބިފައިވާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު މާލެ ސަރަހައްދުގައި ހުރި ބާ މިސްކިތްތަކުގެ ތެރެއިން ދެން ހުރީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި ކަމަށާއި، އެ މިސްކިތަށްވެސް އެހީ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.

ރާއްޖޭގެ ދީނީ ތާރީހާއި އާސާރީ ތަންތަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހުރި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ރައްކާތެރިކަމާއެކު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

110 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

114 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

121 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

123 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

132 ދުވަސް ކުރިން - 12:52