މޫސުމާއި ބެހޭ ގައުމީ އިދާރާއިން އދ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ އދ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 05:30 ފެށިގެން މިރޭ 23:30 ނިޔަލަށެވެ.
ކުރިއަށް އޮތް ހަ ގަޑި އިރު މިސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.


އެހެންކަމުން މި ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައި އެވެ.








