Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެށުން ރަނގަޅޭ ބުންޏަސް އެމެރިކާއި އީރާނަށް އެއްގަލަކަށް ނޭރޭނެ

ފެށުން ރަނގަޅޭ ބުންޏަސް އެމެރިކާއި އީރާނަށް އެއްގަލަކަށް ނޭރޭނެ

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
206 ދުވަސް ކުރިން - 9 ފެބްރުއަރީ 2026 15:48
ރައީސް ޓްރަމްޕް: އެމެރިކާއާއި އީރާނަށް ދުވަހަކުވެސް އެއްގަލަކަށް އެރޭނެކަމަށް ގަބޫލެެއް ނުކުރެވޭ--
ރައީސް ޓްރަމްޕް: އެމެރިކާއާއި އީރާނަށް ދުވަހަކުވެސް އެއްގަލަކަށް އެރޭނެކަމަށް ގަބޫލެެއް ނުކުރެވޭ--
ޚުލާސާ

ގަލްފާއި މެދުއިރުމަތީގެ ކަންތައްތައް ދިރާސާކުރާ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ވަރުގަދަ ބޮން ގޮއްވުމުގެ ކެމްޕޭނަކުން އީރާނުގެ ވެރިކަން ބަދަލެއް ނުކުރެވޭނެ

ފާއިތުވެ ދިޔަ ހުކުރު ދުވަހު މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައި ހުރީ އައްމާންގެ ވެރިރަށުގައި ކުރިއަށް ދިޔަ އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރުތަކުގެ ސަބަބުން އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެފައިވާ ދަނޑިވަޅެއްގަ އެވެ. 

އެމެރިކާގެ ވެބްސައިޓް "ޕޮލިޓިކޯ" އިން ބުނި ގޮތުގައި މަޝްވަރާތައް ތުރުކީގައި ބާއްވަން ކުރިން ހަމަޖެހިފައި އޮތަސް އެންމެ ފަހު ވަގުތު އައްމާންގެ ވެރިރަށުގައި ބައްދަލުވުން ބާއްވަން ހަމަޖެހިގެން ދިއުމަކީ ސުލްހައަށް ލޯބިކުރާ އަރަބި ގައުމުތަކަށް ވެސް ލިބިގެންދިޔަ އުއްމީދުގެ ފެށުމެކެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދިން ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ބޭނުންވަނީ ވަގުތުން އަސްކަރީ ފިޔަވަޅު އެޅުމަށްވުރެ ޑިޕްލޮމެސީއަށް އިސްކަން ދިނުމަށެވެ.

Advertisement

Advertisement 1

ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ކުރީގެ ސަފީރު މައިކަލް ރެޓްނީ ބުނީ ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ހަނގުރާމަ ކުރަން ބޭނުން ނުވާހެން ހީވާ ކަމަށާއި ގަލްފްގެ އެކުވެރިންގެ ލަފާތައް އަޑުއަހާ ކަމަށެވެ.

އެމެރިކާއިން އީރާނަށް ދޭ ކޮންމެ ހަމަލާއެއްގެ ސަބަބުން އަވަށްޓެރި ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތަކެއް ދީ، ދިގުދެމިގެންދާ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމަށް ގަލްފުގެ އޮފިޝަލުން ވަނީ ރައީސް ޓްރަމްޕަށް ލަފާ ދީފައެވެ. އަދި އީރާނުން ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވައި، އީރާނަށް އިގުތިސާދީ ދަތިކަން ކުރިމަތިކުރުވާފައި ވާތީ ބަދަލު ހިފުމަށް އީރާނަށް ވެސް ކުރެވުނުކަމެއް ކުރާނެކަމަށް ގަބޫލުކުރެ އެވެ.

ގަލްފާއި މެދުއިރުމަތީގެ ކަންތައްތައް ދިރާސާކުރާ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ވަރުގަދަ ބޮން ގޮއްވުމުގެ ކެމްޕޭނަކުން އީރާނުގެ ވެރިކަން ބަދަލެއް ނުކުރެވޭނެ އެވެ. ނަމަވެސް އަފްޣާނިސްތާނަށް ހެދިހެން އީރާނަށް ބޮން އަޅައި އީރާން ވަޅުގަނޑަކަށް ހަދަން އެމެރިކާއަށް ހަރަދު ބޮޑު މަސައްކަތްތަކެއް ކުރެވިދާނެ އެވެ.

ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޓްރަމްޕުގެ ދަނބިދަރި ޖޭރެޑް ކުޝްނާ އައްމާނަށް ދިޔައީ ހުކުރު ދުވަހު ވެރިރަށުގައި އެ ގައުމުގެ އޮފިޝަލުންނާއި އީރާނުގެ ވަފުދަކާ ބައްދަލުކުރުމަށެވެ.

މި މަޝްވަރާތައް ފުރަތަމަ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވީނަމަވެސް، އީރާނުގެ ބާރުއެޅުމުގެ މަތިން މަޝްވަރާތައް ބާއްވާ ތަނާއި ސިފަ ބަދަލުކުރުމަށް އެމެރިކާއިން އެއްބަސްވި އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނަކު ބުނީ ޑިޕްލޮމެސީއަށް އަބަދުވެސް ޑޮނަލްޑް ޓްރަމްޕް ވަރަށް އިސްކަންދޭ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ ބޮޑުބައެއް އީރާނު ވަށާލުމަށް އެ ސަރަހައްދާ ކައިރިއަށް ޖެހެމުން ދާއިރު، ސަރަހައްދުން ފެންނަމުން ދަނީ ނުތަނަވަސްކަމާއި ނުރައްކަލުގެ ނިޝާންތަކެވެ.

ޑިޕްލޮމެޓިކް މަގު ހުޅުވިފައި އޮތް ނަމަވެސް، ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ޝަރުޠުތަކަށް އީރާނުން ބޯލަނބާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

އީރާނުން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް މިހިނދުން މިހިނދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފާނެ އެވެ. ނަމަވެސް އީރާނުން ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ހައްގާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލަން ތައްޔާރަށް އޮތް ކަމަކަށް ނުފެނެ އެވެ.

އަރަބި އަދި މުސްލިމް ގައުމުތަކުގެ މަސައްކަތުން، އީރާނު- އެމެރިކާގެ ކޯޅުމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ގެނެވިފައިވިޔަސް، އެމެރިކާއިން އީރާނަށް ގަދަފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު މުޅިން ބަންދު ނުވާކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ހުކުރު ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއިން ވެސް ބުނީ ފެށުން ރަނގަޅު ކަމަށާއި ދެ ގައުމުން ވެސް ފަހިވިސްނުމެއް ގެންގުޅުނު ކަމަށެވެ. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމެރިކާއާއި އީރާނަށް ދުވަހަކުވެސް އެއްގަލަކަށް ނޭރޭނޭކަމެވެ.

އީރާން - އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

2 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

2 ދުވަސް ކުރިން - 02:42

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

4 ދުވަސް ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

6 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

9 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

11 ދުވަސް ކުރިން - 11:25