Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވަނީ

ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވަނީ

އަހްމަދު އީޒާން
168 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 10:33
އިންތިހާބެއްގެ ވޯޓުލުން ނިމުމަށްފަހު އޮފިޝަލުން ވޯޓު ފޮށި ގުނަނީ---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިންތިހާބެއްގެ ވޯޓުލުން ނިމުމަށްފަހު އޮފިޝަލުން ވޯޓު ފޮށި ގުނަނީ---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ޚުލާސާ

މި ގުރުއަތުލުމަށްފަހު އިންތިހާބުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނޯންނާނެ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. 

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ. އިންތިހާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރިއަށްދާއިރު، ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުމާ ހަމައަށް ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އީސީން ވަނީ ދީފަ އެވެ. އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފައިވާއިރު، މިހާތަނަށް ހުށަހެޅި ހަތަރު ޝަކުވާއަކަށް ކޮމިޝަނުން ވަނީ ޖަވާބު ދީފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ކައުންސިލް އިންތިހާބުގައި 665 ކެންޑިޑޭޓުން ވާދަކުރެ އެވެ. ޖުމްލަ ގޮތެއްގައި ސިޔާސީ ޕާޓީތަކުން 1،210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެ އެވެ. ބައެއް ދާއިރާތަކަށް އިންތިހާބަކާ ނުލައި ބައެއް ބޭފުޅުން ހޮވިފައިވީ ނަމަވެސް، އެކަން މުޅިން ސާފުވާނީ ބުރާސްފަތި ދުވަހުގެ ގުރުއަތުލުމަށްފަހުގަ އެވެ.

Advertisement

Advertisement 1

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރުމަށް ހަމަޖެހިފައިވަނީ ރީ-ރަޖިސްޓްރޭޝަން މަރުހަލާއަށްފަހުގަ އެވެ.

އިންތިހާބު އޮބްޒާވްކުރުމަށް ބޭރުގެ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55