Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޮލީ-މޭ ހޭގް ދެވަނަ ދަރިފުޅަށް ބަނޑު ބޮޑު

މޮލީ-މޭ ހޭގް ދެވަނަ ދަރިފުޅަށް ބަނޑު ބޮޑު

އައިޝަތު ރުވާ ރިފްޢަތު
157 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 08:30
މޮލީ-މޭ ހޭގް---
މޮލީ-މޭ ހޭގް---
ޚުލާސާ

ފުރަތަމަ ދަރިފުޅު ބެމްބީއަށް ބަނޑު ބޮޑުއިރު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުނުކަމަށް މޮލީ ބުނެފައިވޭ.

ރިއަލިޓީ ޓީވީ ތަރި މޮލީ-މޭ ހޭގް، އޭނާ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުކަން ރަސްމީކޮށް ހާމަކޮށްފި އެވެ. މި އުފާވެރި ހަބަރު އޭނާ ހިއްސާކޮށްފައިވަނީ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއަކާއެކުގަ އެވެ.

މިކަން ހާމަކުރުމުގެ ގޮތުން އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއާއެކު މޮލީ-މޭ ލިޔެފައިވަނީ "އަވަސް މުސްތަގުބަލެއްގައި ހަތަރު މީހުންނަށް" ވާނެ ކަމަށެވެ. އެ ވީޑިއޯއިން ފެންނަނީ މޮލީ-މޭ އޭނާގެ ބައިވެރިޔާ، މަޝްހޫރު ބޮކްސިން ތަރި ޓޮމީ ފިއުރީ އާއި އެމީހުންގެ ތިން އަހަރުގެ ދަރިފުޅު ބެމްބީއާއެކު ގޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރާ މަންޒަރެވެ.

މޮލީ-މޭ އަކީ މީގެ ކުރިންވެސް ބަނޑު ބޮޑުވުމާއި، ވިހެއުމާއި، އަދި ދަރިން ބެލުމުގައި ދިމާވާ ގޮންޖެހުންތަކާއި އުނދަގޫތަކުގެ ވާހަކަ ފާޅުކަން ބޮޑު ގޮތެއްގައި އޭނާގެ ސަޕޯޓަރުންނާ ހިއްސާކުރާ މީހެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ފުރަތަމަ ދަރިފުޅު ލިބުމަށްފަހު އުޅެންޖެހުނު ދުވަސްތަކަކީ ވަރަށް ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ. ހާއްސަކޮށް ފުރަތަމަ ދަރިފުޅު ބެމްބީއަށް ބަނޑު ބޮޑުއިރު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުނު ކަމަށާއި، ވިހެއުމުގެ ތެރޭގައި ކެތްނުކުރެވޭ ވަރުގެ ވޭން ތަހައްމަލު ކުރަން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.

Advertisement

Advertisement 1

މޮލީ-މޭ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުވި ހަބަރާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. މިގޮތުން ފިއުރީގެ އާއިލާ މެންބަރެއް ކަމަށްވާ ޕެރިސް އާއި، ޓީވީ ޕްރެޒެންޓަރު ރޮޝެލް ހިއުމްސްގެ އިތުރުން ސްކާލެޓް މޮފަޓް ފަދަ މަޝްހޫރު ފަރާތްތަކުން ވަނީ އުފާވެރި މެސެޖުތަކެއް ހިއްސާކޮށްފަ އެވެ.

މޮލީ-މޭ އާއި ފިއުރީގެ ގުޅުން ފެށުނީ 2019 ވަނަ އަހަރުގެ "ލަވް އައިލެންޑް" ޝޯގެ ތެރެއިންނެވެ. 2023 ވަނަ އަހަރު އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބި، އެ އަހަރު އެންގޭޖްވެސް ވިއެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން ވަކިވުމުން، މޮލީ-މޭ އޭރު ބުނެފައިވަނީ އެމީހުންގެ ގުޅުން މިފަދަ ގޮތަކަށް ނިމިދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ.

ކުރީގެ ހެވީވޭޓް ޗެމްޕިއަން ޓައިސަން ފިއުރީގެ ކޮއްކޮ، ޓޮމީ ފިއުރީ ބުނެފައިވާ ގޮތުގައި، ލިބުނު އަނިޔާއަކާ ގުޅިގެން ބޯން ފެށުމަކީ އެމީހުންގެ ގުޅުން ކެނޑެން މެދުވެރިވި މައިގަނޑު ސަބަބެވެ. އެހެންނަމަވެސް، މިހާރު ފިއުރީ އެ އާދަ ހުއްޓާލާފައިވާތީ، ދެމީހުންގެ ގުޅުން އަލުން ރަނގަޅުވެފައިވާ ކަމަށް މޮލީ-މޭ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

1 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

4 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

9 ދުވަސް ކުރިން - 20:18

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

31 ދުވަސް ކުރިން - 22:21

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

42 ދުވަސް ކުރިން - 21:57

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

42 ދުވަސް ކުރިން - 21:51