ރަމަޟާން މަހާ ދިމާކޮށް ކުނި ނަގާ ގަޑިތަކަށް ބޮޑު ބަދަލެއް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 20:40
ވެމްކޯގެ ކުނި ނަގާ ޕިކަޕުތަކެއް---
ވެމްކޯގެ ކުނި ނަގާ ޕިކަޕުތަކެއް---
ޚުލާސާ

ރަމަޟާން މަހާ ދިމާކޮށް ވެމްކޯއިން އަބަދު ވެސް ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނޭ

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން، ކުނި ނަގާނެ ގަޑިތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ރަމަޞާން މަހާ ދިމާކޮށް މާލޭ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ވެމްކޯއިން ބަދަލު ގެނެސްފައިވާއިރު، އެ ކޯޕަރޭޝަނުން މި ބަދަލަށް އަމަލުކުރަން ފަށާނީ މި މަހުގެ އަށެއްވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން މާލޭގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން ފެށިގެން ދަންވަރު 02:00 އާއި ހަމައަށެވެ.

ހުޅުމާލޭގެ ގޭބިސީތަކުން ރޭގަނޑު 21:00 އިން ފެށިގެން ދަންވަރު 02:30 އާއި ހަމައަށް ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވިލިމާލޭގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 21:00 އިން ފެށިގެން ދަންވަރު 01:00 އާއި ހަމައަށެވެ.

ރަމަޟާން މަހާ ދިމާކޮށް ވެމްކޯއިން އަބަދު ވެސް ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެ އެވެ. ރަމަޟާން މަހަކީ އެހެން މަސްތަކާ ހިލާފަށް ގޭބިސީތަކުން އުފައްދާ ކުނި އިތުރުވާ މަހެކެވެ. އެގޮތުން ބާ ފަރުނީޗަރުތަކާއި، ހަލާކުވެފައި ހުންނަ އެހެނިހެން ތަކެތީގެ އިތުރުން ބަދިގެއިން އުފައްދާ ކުނި މީގެ ތެރޭގައި ހިމެނެ އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް، ބާ ފަރުނީޗަރުތަކުގެ އިތުރުން ހަލާކުވެފައި ހުންނަ ތަކެތި އުކާލުމަށް ބޭނުންވާ ފަރާތްތަކުން ވެމްކޯގެ 'ކެޕްސް' ހިދުމަތް ހޯދުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%