ޤަލްފުގެ ސަރަޙައްދުން ވަގަށް ތެޔޮ ހިފައިގެން ދާން އުޅުނު ދެ ތެޔޮ ޓޭންކަރާއި އޭގައި ތިބި ފަޅުވެރިން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ހިފަހައްޓައިފިއެވެ.
އައިއާރުޖީސީގެ ނޭވީން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ ގަލްފްގެ ފާރސީ އައިލެންޑް ކައިރިން ކަމަށާއި، އެ އުޅަނދުތަކުގައި އެއް މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ތެޔޮ ހުރި ކަމަށެވެ.
މި ދެއުޅަނދުގައި 15 ފަޅުވެރިން ތިބި އިރު، އެ އެންމެން ވަނީ ހިފަހައްޓާފައެވެ.
ދުނިޔޭގެ ތެލާއި ލިކުއިފައިޑް ޤުދުރަތީ ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ މި ޗެނަލުން ޤަވާޢިދާއި ޚިލާފަށް ތެޔޮ އުފުލަ ކަމަށް ތުހުމަތުކުރާ އުޅަނދުތައް އީރާނުން ޤަވާޢިދުން ހުއްޓުވައެވެ.










