ގިނަ ދަރިން ހޯދާ ފަރާތްތަކަށް ބޮޑު ޢާމްދަނީއެއް ލިބޭނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަކީ އާބާދީ އިތުރުކުރުމަށް ބާރުއަޅުއްވާ ރައީސެކެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ އާބާދީ އިތުރުކުރުމަށް ބާރު އަޅުއްވާފައި ކަން ފާހަގަ ކުރެވެއެވެ. 
ރިޔާސީ ބަޔާން އިއްވަވަމުން މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ފައިދާ އިން ކޮންމެ ރައްޔިތަކަށް ސީދާ ފައިދާ ކުރާނެ ޕްލޭނެއް އިޢުލާން ކުރައްވާފައެވެ. މިއީ ބޮޑެތި އާއިލާތަކަށް ނިސްބަތުން އިތުރު އާމްދަނީއެއް ލިބޭނެ މަގެކެވެ.


އާ ސިޔާސަތުގެ ދަށުން ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 10 ރިސޯޓެއް ދައުލަތުން ތަރައްޤީކޮށް، އެ ފައިދާ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކުރުމަށެވެ. ރައީސް ވިދާޅުވީ މި ރިސޯޓްތަކުގެ ޢާމްދަނީން ކޮންމެ މޯލްޑިވިއަނަކަށްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އާއިލާއެއްގައި ފަސް މެންބަރުން ތިބި ނަމަ ކޮންމެ މެންބަރަކީ ހިއްސާދާރަކަށް ވާނެ ކަމަށާއި، އެ އާއިލާއަށް އަހަރަކު މަދުވެގެން 2،000 ޑޮލަރު ލިބޭނެ ކަމަށެވެ. 
ފަތުރުވެރިކަމުން 2025 ވަނަ އަހަރު ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. މިއަހަރު 5.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.







