ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތަރިކައިގެ އިލްމީ މުޖުތަމައެއް ބިނާކުރާނަން: ރައީސް

ހައްވާ މިރުފާ | 1 ގަޑިއިރު ކުރިން - 5 ފެބްރުއަރީ 2026 11:18
ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ތަޅުމުގައި ރިޔާސީ ބަޔާން އިއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ތަޅުމުގައި ރިޔާސީ ބަޔާން އިއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގައުމީ ތަރިކައާއި ތާރީހު ދިރާސާކުރުމުގެ މަޝްރޫއުތައް ފަރުމާކޮށް، މިހާރު ހއ. އުތީމާއި ހއ. ތަކަންދޫގެ އިތުރުން ހއ.ބާރަށުގައި ދިރާސަތަކެއް ފެށިފައިވާކަން އެމަނިކުފާނު ހާމަކުރެއްވި.

ރާއްޖޭގެ ތަރިކަ އާއި ތާރީހު ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް، މި އަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވީ މިއަދު އެ މަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގަ އެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖެ ޝާމިލުވާނެހެން ތަރިކަވެރިން އުފައްދާނެ ކަމަށާއި، ދިވެހިރާއްޖޭގެ ތާރީހާއި ތަރިކައިގެ އަސާސީ މަފްހޫމްތައް އާންމުކޮށް، ތާރީހުގައި ފުރަތަމަ ފަހަރަށް ތަރިކައިގެ ދާއިރާގެ އިލްމުވެރި ޖީލެއް މި އަހަރު ބިނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތާރީހު ދިރާސާކުރުމަށް 50 ދިރާސާވެރިންނާއެކު ދިރާސާކުރުމުގެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމީ ތަރިކައާއި ތާރީހު ދިރާސާކުރުމުގެ މަޝްރޫއުތައް ފަރުމާކޮށް، މިހާރު ހއ. އުތީމާއި ހއ. ތަކަންދޫގެ އިތުރުން ހއ.ބާރަށުގައި ދިރާސަތަކެއް ފެށިފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހިރިގަލު މިސްކިތްތަކާއި ގަލު ވަޑާން، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދަފްތަރުކުރުމަށް ކުރަން ޖެހޭ ދިރާސާކޮށް، ނޮމިނޭޝަން ފައިލް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސެންޓަރަށް މިހާރު ހުށަހެޅިފައިވާނެ ކަމަށެވެ. މިއީ ރާއްޖޭގެ ތާރިހާއި ތަރިކަ ދުނިޔޭގެ ފެންވަރުގައި ޝަރަފްވެރި ކުރުމަށް ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެހެންމެ ރާއްޖޭގެ ތަރިކަ އާއި ތާރީހު ދިރުވާ އާލާކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަ ގާއިމު ކުރެވޭ، އިމާސިވް މިއުޒިއަމްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މަސައްކަތް ނިންމާ މިއަހަރު ތެރޭ ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމައެއާއެކު ރާއްޖޭގައި މިހާރު ނެތެމުންދާ ފަންނުތައް ދިރުވުމަށްޓަކައި ގައުމީ ސަނަދު ލެވެލް ތިނެއްގެ ނެޝަނަލް އޮކިއުޕޭޝަނަލް ކޮންމްޕިއުޓެންސީއާ އެއްގޮތްވާ ގޮތުގެމަތިން ތަމްރީނުތަކެއް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ސަޓާ ވިޔުމާއި، ފަންގި ވިނުމާއި، ލިޔެލާ ޖެހުން ފަދަ ފަންނުތައް ކިޔަވާދެވޭނެ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ގައުމިއްޔަތާއި އަމިއްލަ އައިޑެންޓިޓީ ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ ތާރީހާއި ތަރިކަ ދިރުވާ އާލާކޮށް ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%