Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މުހައްމަދު ޖަމްޝަތު
217 ދުވަސް ކުރިން - 4 ފެބްރުއަރީ 2026 19:45
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔައެކަ---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔައެކަ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ސްރީލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް

ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ޑިސަނާޔަކެ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރުގެ މިނިވަން ދުވަސް ސްރީލަންކާއާ ބައްދަލުކުރަނީ، އެ ގައުމުގެ އިގުތިސާދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ގައުމުގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމުގައްޔާއި، ގައުމީ ކުރިއެރުމުގައި، އެ ގައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާފަ އެވެ. އަދި ދެ ގައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީހުން ބާރުދޭ، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ގައުމުން ހިއްސާކުރާ ރަހުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނޭކަމަށް ޔަގީންކުރައްވާފަ އެވެ. ހާއްސަކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތައްކަމުގައިވާ ވިޔަފާރި، ތަރައްގީ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާނޭ ކަމަށް ޔަގީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދެ ގައުމުގެ އެތައް ގަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވަނީ ރައީސް ޑިސަނާޔަކެ އާއި ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާ އަށް ދުޅަހެޔޮކަމާއި ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، ސްރީލަންކާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ތަރައްގީ އާއި ފާގަތިކަން ލިބެމުންދިއުމަށް އެދިވަޑައިގެންފަ އެވެ.

ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިއުމާރުން އެ ގައުމަށް މިނިވަންކަން ލިބުނު ތާރީހީ ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ސްރީ ލަންކާރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05