Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކަރެކްޝަންސްގެ އާ ފްރަންޓް އޮފީސް މިއަދު ހުޅުވައިފި

ކަރެކްޝަންސްގެ އާ ފްރަންޓް އޮފީސް މިއަދު ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
162 ދުވަސް ކުރިން - 4 ފެބްރުއަރީ 2026 19:59
އައު ފްރަންޓް އޮފީސް މިއަދު ރަސްމީކޮށް ހުޅުވި އެމްސީއެސްގެ ފްރަންޓް އޮފީސް/ ފޮޓޯ: އެމްސީއެސް
އައު ފްރަންޓް އޮފީސް މިއަދު ރަސްމީކޮށް ހުޅުވި އެމްސީއެސްގެ ފްރަންޓް އޮފީސް/ ފޮޓޯ: އެމްސީއެސް
ޚުލާސާ

މި އޮފީސް ބިނާކުރުމުގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، މާލެއާ އެއްފަދަ ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުންކަމަށް އެއިދާރާއިން ފާހަގަކުރި.

މޯލްޑިވްސް ކަރެކްޝަނަލް ސަވިސް (އެމްސީއެސް) އިން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ އިދާރާގެ އައު ފްރަންޓް އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ މި އާ އޮފީސް ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރު އަލީ އިހުސާނެވެ.

ކަރެކްޝަނުން ބުނި ގޮތުގައި، މި ފްރަންޓް އޮފީސް ބިނާކުރުމުގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، މާލެއާ އެއްފަދަ ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. މި އިމާރާތުގެ ހާއްސަ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ އެމްސީއެސްގެ ހެޑްކުއާޓާސްއާ އެއްގޮތަށް، ރިހެބިލިޓޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ގައިދީންނާއި އެމްސީއެސްގެ އޮފިސަރުންގެ ހީވާގި އަދި ބުރަ މަސައްކަތުން ބިނާކޮށްފައިވާ ތަނެއް ކަމެވެ.

Advertisement

Advertisement 1

މިއަދު ހުޅުވުނު ފްރަންޓް އޮފީހުން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި:

  1. ކުށުގެ ރެކޯޑް ސާފުކުރުމުގެ ހިދުމަތް.
  2. ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި، މައި އީމެއިލް އަދި ކައުންޓަރަށް އަންނަ ސިޓީއާއި ލިޔެކިޔުންތައް ބަލައިގަތުން.
  3. ލިޔެކިޔުންތައް ކަމާބެހޭ ސެކްޝަންތަކާއި ޑިވިޝަންތަކާ ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން.
  4. އެކިއެކި ކަންކަމުގައި މައުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

މީގެ އިތުރުން، ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އާއިލާތަކުން ފޮނުވާ އަންނައުނު ބަލައިގަތުންވެސް މި އޮފީހުން ކުރިއަށްދާނެ އެވެ. އަންނައުނު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި އަންގާރަ ދުވަހު އެވެ.

މި އޮފީހާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރެކްޝަނަލް ސަވިސްގެ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރެ އެވެ.

ކަރެކްޝަނަލް ސާވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް ކޯޓުން އަމުރުކޮށްފި

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

52 ދުވަސް ކުރިން - 13:18

ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

ކޮވިޑް ފެސިލިޓީގައި ޖަލު ޔުނިޓެއް ގާއިމްކޮށްފި

53 ދުވަސް ކުރިން - 19:59

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ފަށައިފި

ދީނީ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ފަށައިފި

142 ދުވަސް ކުރިން - 11:44

ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރަނީ

ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރަނީ

147 ދުވަސް ކުރިން - 01:02

ފެނަކަގެ ކުރީގެ އެމްޑީ ސައީދު ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފި

ފެނަކަގެ ކުރީގެ އެމްޑީ ސައީދު ވަގުތީގޮތުން ގޭބަންދަށް

151 ދުވަސް ކުރިން - 17:24

ޖަލު އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަށް ލަންކާގައި ހާއްސަ ތަމްރީނެއް ފުރިހަމަކޮށްފި

ޖަލު އޮފިސަރުން ލަންކާގައި ތަމްރީން ފުރިހަމަކޮށްފި

369 ދުވަސް ކުރިން - 19:35