Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާރިޔަންގެ މައްސަލަ ދިއްލީން މުމްބާއީ ކޯޓަށް ބަދަލުކޮށްފި

އާރިޔަންގެ މައްސަލަ ދިއްލީން މުމްބާއީ ކޯޓަށް ބަދަލުކޮށްފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
157 ދުވަސް ކުރިން - 7 ފެބްރުއަރީ 2026 13:42
އާރިޔާން އާއި ޝާހު ރުޚް: އާރިޔާންގެ މައްސަލަ ދެން ބަލާނީ މުމްބާއީ ކޯޓަކުން
އާރިޔާން އާއި ޝާހު ރުޚް: އާރިޔާންގެ މައްސަލަ ދެން ބަލާނީ މުމްބާއީ ކޯޓަކުން
ޚުލާސާ

މައްސަލަ މުމްބާއީއަށް ބަދަލުކުރީ ސަމީރު ދިރިއުޅެނީ މުމްބާއީގައި ކަމަށް ވުމުގެ އިތުރަށް، ސީރީޒްގެ ޕްރޮޑިއުސަރު ރެޑް ޗިލީސް އެންޓަޓެއިންމަންޓުގެ ރަޖިސްޓްރީ އޮފީސް ހުންނަނީ ވެސް މުމްބާއީގައި ކަމަށްވާތީ

ބޮލީވުޑްގެ ރަސްގެފާނުކަމަށް ބެލެވޭ ޝާހްރުކް ހާންގެ ދޮށީ ދަރިފުޅު އާރިޔާން ހާންގެ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އާ ދެކޮޅަށް ހުށަހެޅި އަބުރުގެ ދައުވާ މުމްބާއީ ކޯޓަކަށް ބަދަލުކުރުމުގެ ހުއްދަ ދިއްލީ ހައިކޯޓުން ދީފި އެވެ.

ދިއްލީ ހައިކޯޓުން ނިންމީ އެ ކޯޓަށް އެ މައްސަލަ ބެލުމުގެ ސަރަހައްދީ އިހުތިސާސެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ، މުމްބާއީގެ ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ މިނިވަންކަން ދިއްލީ ކޯޓުން ވަނީ ދީފަ އެވެ.

އެ އަޑުއެހުމުގައި ފަނޑިޔާރު ވިކާސް މަހާޖަން ވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ދެ ފަރާތުން ވެސް މުމްބާއީ ކޯޓަށް ހާޒިރު ވުމަށް އަމުރުކޮށްފަ އެވެ.

Advertisement

Advertisement 1

ސަމީރު ވަންކޭޅޭ ފުރަތަމަ ދިއްލީ ހައިކޯޓަށް ޕެޓިޝަނެއް ހުށަހެޅީ އާރިޔާން ހާން ޑައިރެކްޓް ކުރި ނެޓްފްލިކްސް ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ދައްކަނީ އޭނާއާ ވައްތަރު ޝަހިސިއްޔަތެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އަބުރު ކަތިލެވި އޭނާގެ އަބުރަށް ގެއްލުންދޭ ކަމަށް ބުނެ އެވެ.

ސަމީރު ބުނި ގޮތުގައި ސީރީޒްގައި ދައްކާފައިވާ ޝަހުސިއްޔަތުގެ ސިފައާއި ސްޓައިލާއި އުޅުމާއި ހަށިގަނޑުގެ ބައްޓަމުން ސާފުކޮށް އޭނާއާ ވައްތަރު ކަމަށާއި މީޑިއާ ރިޕޯޓްތަކުން ވެސް އެ ޝަހުސިއްޔަތު އޭނާއާ ގުޅުވާލާފައި ވާކަމަށް ބުނެފައި ވެއެވެ.

ސަމީރު ވަނީ މައްސަލައިގެ ބޮޑު މަންޒަރު ނައްތާލުމަށް ނުވަތަ މަނާކުރުމަށް ކޯޓުގައި އެދިފަ އެވެ. އަދި ފިލްމުގައި ދައްކާ ޝަޚްސިއްޔަތު މަރާލުމުގެ ސަބަބުން އޭނާގެ ޝަރަފާއި ކަރާމާތާއި ޕްރޮފެޝަނަލް އަބުރަށް އަސަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޓުން ބުނީ އެ މައްސަލަ މުމްބާއީއަށް ބަދަލުކުރީ ސަމީރު ދިރިއުޅެނީ މުމްބާއީގައި ކަމަށާއި، ސީރީޒްގެ ޕްރޮޑިއުސަރު ރެޑް ޗިލީސް އެންޓަޓެއިންމަންޓުގެ ރަޖިސްޓްރީ އޮފީސް ހުންނަނީ ވެސް މުމްބާއީގައި ކަމަށްވާތީ އެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ކުރިން ދެންނެވި ވެބް ސީރީޒް ޕްރޮޑިއުސްކޮށްފައި ވަނީ ޝާހްރުކް ހާންގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ކަމެވެ.

ބޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

12 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

57 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

78 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

86 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

93 ދުވަސް ކުރިން - 23:00

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

93 ދުވަސް ކުރިން - 17:08