އެމެރިކާގެ މަނަވަރާއި ދިމާލުން ދަތުރުކުރި އީރާނުގެ ޑްރޯނެއް ވައްޓާލައިފި

ހުސައިން އިސްމާއިލް | 16 ގަޑިއިރު ކުރިން - 4 ފެބްރުއަރީ 2026 10:39
އެމެރިކާގެ މަނަވަރު އަބްރަހަމް ލިންކަން
އެމެރިކާގެ މަނަވަރު އަބްރަހަމް ލިންކަން
ޚުލާސާ

ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ދިމާލުން ދަތުރުކުރި އީރާނުގެ ޖާސޫސީ ޑްރޯން އެއް ވައްޓާލައިފި

އަރަބި ކަނޑުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ދިމާލުން ދަތުރުކުރަމުން ދިޔަ އީރާނުގެ ޑްރޯނެއް ވައްޓާލައިފި ކަމަށް ހަބަރުތައް ބުނެފިއެވެ.

މިހާދިސާ ހިނގާފައި މިވަނީ އެމެރިކާ އާއި އީރާނާއި ދެމެދު ވަރަށް ބޮޑަށް މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އަސްކަރިއްޔާ އާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި ވައްޓާލާފައި ވަނީ ޝާހިދު-139 މަރުކާގެ ޑްރޯން އެއް ކަމަށާއި އީރާނުގެ ދެކުނު އައްސޭރިފަށާއި ގާތްގަނޑަކަށް 500 މޭލު ދުރުން އަބްރަހަމް ލިންކަން އިން މި ޑްރޯން ވައްޓާލަން ބޭނުން ކުރީ އެފް-35ސީ ގެ ޖެޓެކެވެ.

މިކަން މިހެން ހިނގި ކަމުގައި ވިޔަސް، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ފޮރިން މިނިސްޓަރު ހުކުރު ދުވަހު އިސްތަންބޫލްގައި ބައްދަލުކުރައްވައި ނިއުކްލިއާ އެއްބަސްވުމަކާއި މެދު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%