ހިދުމަތުގެ ފެންވަރު ދަށް 1،800 އުމްރާ ގުރޫޕް ސަސްޕެންޑް ކޮށްފި

ހައްވާ މިރުފާ | 4 ގަޑިއިރު ކުރިން - 4 ފެބްރުއަރީ 2026 09:29
ރާއްޖޭގެ އުމްރާ ގުރޫޕްއެއް----ފޮޓޯ:ސަންއޮންލައިން
ރާއްޖޭގެ އުމްރާ ގުރޫޕްއެއް----ފޮޓޯ:ސަންއޮންލައިން
ޚުލާސާ

ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ދަނީ އުމްރާގެ ހިދުމަތްދޭ ފަރާތްތަކުން، ދޭ ހިދުމަތުގެ ފެންވަރު ގާތުން ބަލާ، ފިޔަވަޅު އަޅަމުން

އުމްރާވެރިންނަށް ފޯރިކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން އުމްރާ ގުރޫޕްތަކަކަށް ފިޔަވަޅު އަޅައިފި އެވެ.

ހަލީޖް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ވަނީ ބޭރުގެ އެކި ގަައުމުތަކަށް ނިސްބަތްވާ, 1،800 އެޖެންސީއެއް ސަސްޕެންޑު ކޮށްފަ އެވެ. އެއީ ސައުދީއާ އެކު އުމްރާގެ އެއްބަސްވުން ހަދާފައިވާ 5،800 އެޖެންސީގެ ތެރެއިން 31 ޕަސެންޓްގެ އުނިވުމެކެވެ. ސަސްޕެންޑު ކުރެވުނު އެޖެންސީތަކުގައި ރާއްޖޭގެ އެޖެންސީއެއް ހިމެނިފައިވާކަން އަދި އެނގިފައެއްނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ސައުދީން އެ އެޖެންސީތަކުގެ އެއްބަސްވުން ސަސްޕެންޑު ކުރީ ހިދުމަތުގެ ފެންވަރު ބެލުމަށް ފަހު، ހިފަހައްޓަން ޖޭހެ މިންގަނޑަށް ވުރެ ދަށް ފެންވަރުގެ ހިދުމަތްދޭކަން ފާހަނގަ ކުރެވިފައި ވާތީ އެވެ.

ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ސަސްޕެންޑު ކުރި އެޖެންސީތަކަށް ހިދުމަތުގެ ފެންވަރު ދަށްވި ސަބަބު ބަޔާން ކުރުމަށް 10 ދުވަހުގެ ގުރޭސް ޕީރިއެޑްއެއް ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ އުޒުރެއް ނުދެއްކިއްޖެ ނަމަ އެއްބަސްވުންތައް އުވާލުމަށް ވަނީ ނިންމާފަ އެވެ.

އެހެން ނަމަވެސް މިވަގުތު ފުރިހަމަ ލިޔެ ކިޔުމާއި އެކު ރަނގަޅު ހިދުމަތް ދެމުން އަންނަ އެޖެންސީތަކުގެ ހިދުމަތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް އެމިނިސްޓްރީ ވަނީ ބުނެފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%