ބަލުޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 2 ފެބްރުއަރީ 2026 13:48
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލު ބިލްޑިން--- ފޮޓޯ: ދަ އެޑިޝަން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލު ބިލްޑިން--- ފޮޓޯ: ދަ އެޑިޝަން
ޚުލާސާ

ބަލުޗިސްތާނަށް މި ހަމަލާ ދީފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު

ޕާކިސްތާނުގެ ބަލުޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

ބަލުޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން އަބަދު ވެސް ތެދުވާނެ ކަމަށާއި އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޕާކިސްތާނުގެ ބަލުޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Ad

ފޮރިން މިނިސްޓްރީން ވަނީ މި ހަމަލާގެ ޝިކާރައަކަށްވީ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ކިޔައިފަ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައްޔިތުންނަށް ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، ޕާކިސްތާނުގެ ބަލުޗިސްތާނަށް ދިން ޓެރަރިސްޓް ހަމަލާގައި 48 މީހަކު ވަނީ މަރުވެފަ އެވެ. އެއީ އާންމުންގެ 31 މީހަކާއި ސިފައިންގެ 17 މީހެކެވެ. މި ހަމަލާގެ ޒިންމާ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތް ބަލުޗިސްތާނު ލިބަރޭޝަން އާމީން މިހާރު ވަނީ ނަގައިފަ އެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%