އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ސްޕެއިންގެ ކާލޯސް އަލްކަރޭޒް ހޯދައިފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 1 ދުވަސް ކުރިން - 2 ފެބްރުއަރީ 2026 12:27
އަލްކަރޭޒް: ހަތް ގްރޭޑް ސްލޭމް ކާމިޔާބުކޮށްފި
އަލްކަރޭޒް: ހަތް ގްރޭޑް ސްލޭމް ކާމިޔާބުކޮށްފި
ޚުލާސާ

އާދީއްތަ ދުވަހު މެންދުރުފަހު މެލްބަންގައި ކުޅުނު ފައިނަލް މެޗު އަލްކަރޭޒް ކާމިޔާބު ކުރީ 3-1 ސެޓުން

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ޗެމްޕިއަންކަން ސްޕެއިންގެ ކާލޯސް އަލްކަރޭޒް ހޯދައިފިއެވެ.

އާދީއްތަ ދުވަހު މެންދުރުފަހު މެލްބަންގައި ކުޅުނު ފައިނަލް މެޗު އަލްކަރޭޒް ކާމިޔާބު ކުރީ 3-1 ސެޓުން ނެވެ. މިއީ އޭނާއަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ފައިނަލުގައި އޭނާ އަތުން ބަލިވީ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން 10 އަހަރު ހޯދާފައިވާ ސާބިއާގެ ތަރި ނޮވަކް ޖޮކޮވިޗެވެ.

މެޗުގެ ފުރަތަމަ ސެޓުން 6-2 އިން ބަލިވިކަމަށްވިޔަސް، އަލްކަރޭޒް މޮޅު ކުޅުމެއް ދައްކައި ޖެހިގެން އައި ތިން ސެޓް 2-6، 3-6 އަދި 5-7 ގެ ތަފާތުން ކާމިޔާބު ކުރިއެވެ.

އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމުން އަލްކަރޭޒް ވެގެން ދިޔައީ އުމުރުން 22 އަހަރުގައި 7 ގްރޭންޑް ސްލޭމް ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އުމުރުން 38 އަހަރުގެ ޖޮކޮވިޗް ފުރަތަމަ ސެޓުގައި މޮޅަށް ކުޅުނުކަމަށް ވިޔަސް ފަހު ތިންސެޓުގައި ފެނުނީ ވަރުބަލިވެ ގުނބުހިލިފައި ހުރިތަނެވެ.

ޖޮކޮވިޗަކީ ޓެނިހުގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%