Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޮސްޓްރިއާ ބަލިކޮށް ސްޕެއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

އޮސްޓްރިއާ ބަލިކޮށް ސްޕެއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
19 ގަޑިއިރު ކުރިން - 3 ޖުލައި 2026 02:54
އޮޔަރްޒަބާލް ވަނީ މި މެޗުގައި ދެ ގޯލު ޖަހާފަ---
އޮޔަރްޒަބާލް ވަނީ މި މެޗުގައި ދެ ގޯލު ޖަހާފަ---
ޚުލާސާ

މި މެޗުގައި ސްޕެއިންގެ ފޯވާޑު އޮޔަރްޒަބާލް ދެ ގޯލު ކާމިޔާބުކުރިއިރު ދެން ގޯލު ޖަހާފައިވަނީ ޕެޑްރޯ ޕޯރޯ. ގަދަ 16 ވަނަ ބުރުގައި ސްޕެއިން ނިކުންނާނީ ޕޯޗުގަލް ނޫނީ ކްރޮއޭޝިއާ ދެކޮޅަށް.

ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅުނު މެޗުން އޮސްޓްރިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗުގެ ކުރީކޮޅު ސްޕެއިންގެ ކުޅުން ކޮންމެވެސް ވަރަކަށް ދަށްކޮށް ފެނުނު ނަމަވެސް، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ސްޕެއިންގެ މާކް ކުކުރެއްލާ ކާމިޔާބު ކުރި ނަމަވެސް، އޮސްޓްރިއާގެ ގޯލްކީޕަރަށް ފައުލް ކުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ބަލައެއް ނުގަތެވެ.

ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ކުކުރެއްލާ ނަގައިދިން ހުރަހަކުން މިކޭލް އޮޔަރްޒަބާލް ވަނީ ސްޕެއިނަށް ކުރިހޯދައިދީފައެވެ. މީގެ ކުރިން ލަމީން ޔަމާލް އާއި އޮޔަރްޒަބާލް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް އޮސްޓްރިއާގެ ކީޕަރު އަލެކްސަންޑަރ ޝްލޭގާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Advertisement

Advertisement 1

މެޗުގެ ދެވަނަ ހާފުގައިވެސް ސްޕެއިންގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން އެލެކްސް ބައޭނާ ނަގައިދިން ބޯޅައަކުން ޕެޑްރޯ ޕޯރޯ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލަމީން ޔަމާލް ފޮނުވާލި ބޯޅައެއް އޮސްޓްރިއާގެ ޑޭވިޑް އަލަބާ ގޯލްގެ ރޮނގުމަތިން ދިފާއުކުރި ނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އޮޔަރްޒަބާލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސްޕެއިނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑުވެސް އޭނާ ކާމިޔާބުކުރީ ކުކުރެއްލާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މޮޅާއެކު ސްޕެއިން މިހާރު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށް، މުބާރާތުގެ ތަށި ހޯދުމަށް ކުރާ އުންމީދު އާކޮށްފައެވެ.

ގަދަ 16 ގައި ސްޕެއިން ނިކުންނާނީ މިރޭ ރާއްޖެ ގަނޑިން 04:00 ފަށާ ޕޯޗުގަލް އާއި ކޮރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ގައުމަކާ ދެކޮޅަށެވެ.

ސްޕެއިންއޮސްޓްރިއާފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

15 ގަޑިއިރު ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

16 ގަޑިއިރު ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

22 ގަޑިއިރު ކުރިން - 23:26

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

1 ދުވަސް ކުރިން - 13:33

ކޭޕް ވާޑީ - އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

ކޭޕް ވާޑީ: އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތައް

1 ދުވަސް ކުރިން - 09:23

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

1 ދުވަސް ކުރިން - 23:04