Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

20 އަަހަރަށް ފަހު 'ދަ ޑެވިލް ވެއާސް ޕްރާޑާ 2'ގެ ޓްރެއިލާ އާންމުކޮށްފި

20 އަަހަރަށް ފަހު 'ދަ ޑެވިލް ވެއާސް ޕްރާޑާ 2'ގެ ޓްރެއިލާ އާންމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
208 ދުވަސް ކުރިން - 2 ފެބްރުއަރީ 2026 11:46
'ދަ ޑެވިލް ވެއާސް ޕްރާޑާ 2' ފިލްމު ޕޯސްޓަރު---
'ދަ ޑެވިލް ވެއާސް ޕްރާޑާ 2' ފިލްމު ޕޯސްޓަރު---
ޚުލާސާ

'ދަ ޑެވިލް ވެއާސް ޕްރާޑާ 2' ފިލްމު ސިނަމާތަކަށް އަންނާނީ 1 މެއި 2026 ގައި.

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު 'ދަ ޑެވިލް ވެއާސް ޕްރާޑާ' ގެ ދެވަނަ ބައިގެ ފުރަތަމަ ޓްރެއިލާ އާންމުކުރުމާއެކު، ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން މި ފިލްމަށް ހުއްޓިއްޖެއެވެ. 2006 ވަނަ އަހަރު ރިލީޒްކުރި ފުރަތަމަ ފިލްމުގެ ހަނދާންތައް އާވެގެންދިޔަ މި ޓްރެއިލާއިން ފެނިގެންދަނީ ފިލްމުގެ މައިގަނޑު ތިން ތަރިން ކަމަށްވާ މިރަންޑާ، އެންޑީ އަދި އެމިލީ އަލުން ބައްދަލުވާ މަންޒަރެވެ.

ޓްރެއިލާ ފެށިގެން އަންނަނީ 'ރަންވޭ' މެގަޒިންގެ ނުފޫޒުގަދަ އެޑިޓާ އިން ޗީފް މިރަންޑާ ޕްރީސްޓްލީ އާއި އާޓް ޑައިރެކްޓަރު ނައިޖެލް ކިޕްލިންގް، އަލުން އެންޑީގެ އިންޓަވިއުއެއް ނަގާ މަންޒަރަކުންނެވެ. އެންޑީއަކީ ކުރިން އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި 'އެމިލީ' އިންގެ ތެރެއިން އެކަކުކަން ހަނދާންކޮށްދިނުމުންވެސް، މިރަންޑާ ހުރީ އޭނާ މަތިން ހަނދާން ނެތިފަ އެވެ.

މި ފަހަރުގެ ވާހަކައިގައި އެމިލީ ފެންނަނީ އެހެން މެގަޒިންއެއްގެ އިސް މަގާމެއްގައި ހުއްޓައެވެ. މިއީ އެއްވެސް މީހަކު އުއްމީދުކޮށްގެން ތިބި ބައްދަލުވުމެއް ނޫން ނަމަވެސް، މިރަންޑާގެ ފަރާތުން އަދިވެސް ފެންނަނީ އެއްވެސް މީހަކު ދަންނަ ކަމުގެ ކުލަވަރެއް ނޫނެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، މި ތިން ތަރިން އަލުން އެކުވެފައިވަނީ 'ރަންވޭ' މެގަޒިން ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތަކުން ސަލަމާތް ކުރުމަށެވެ. ފެޝަންގެ ދުނިޔޭގައި އަދިވެސް އެންމެ ނުފޫޒުގަދަ މި ތަރިންނަށް މެގަޒިން ސަލާމަތް ކުރެވޭނެބާވަ އެވެ؟

Advertisement

Advertisement 1

މި ޓްރެއިލާއާއެކު ފޭނުން ތިބީ ދެވަނަ ބައި ބަލާލުމަށް ކެތްމަދުވެފަ އެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ފޭނަކު ބުނި ގޮތުގައި، މިއީ އެންމެން އިންތިޒާރު ކުރަމުންދިޔަ ސީކުއަލް އެވެ. އަދި މި ލެޖެންޑަރީ ތަރިން އަލުން އެކުގައި ފެނުމަކީ ލިބޭނެ ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރި އެވެ. އެހެން މީހަކު ބުނި ގޮތުގައި، ދެވަނަ ބައެއް އުފެއްދުމަށް 20 އަހަރު ނެގި ނަމަވެސް، އެމިލީ ބްލަންޓް ފަދަ ތަރިން އަލުން ފެންނާތީ އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ.

2006 ވަނަ އަހަރު ރިލީޒްކުރި 'ދަ ޑެވިލް ވެއާސް ޕްރާޑާ' އަކީ ފެޝަންގެ ދުނިޔެއާއި އޮފީސް މާހައުލުގެ ކަންތައްތައް ވަރަށް ފުރިހަމައަށް ދައްކުވައިދިން ފިލްމެކެވެ. މެރިލް ސްޓްރީޕް ކުޅެފައިވާ މިރަންޑާގެ ނުފޫޒުގަދަ ކެރެކްޓަރާއި، އެމިލީ ބްލަންޓް އަދި އޭން ހެތަވޭގެ އެސިސްޓެންޓް ރޯލުތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރޯލުތަކެކެވެ.

'ދަ ޑެވިލް ވެއާސް ޕްރާޑާ 2' ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިވެސް ޑައިރެކްޓްކުރި ޑޭވިޑް ފްރެންކެލްއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 1 މެއި 2026 ގައެވެ.

ހޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 80 އަހަރުގައި މަރުވެއްޖެ

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

2 ދުވަސް ކުރިން - 13:26

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ބުނެ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

11 ދުވަސް ކުރިން - 12:36

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި މަރުވެއްޖެ

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

41 ދުވަސް ކުރިން - 18:53

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

46 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

49 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

54 ދުވަސް ކުރިން - 20:18