Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސުންގަޑި ހަމަވިއިރު، އިންތިހާބުގައި ވާދަކުރުމަށް 3،547 ފަރާތަކުން ފޯމު ހުށަހަޅާފައިވޭ

ސުންގަޑި ހަމަވިއިރު، އިންތިހާބުގައި ވާދަކުރުމަށް 3،547 ފަރާތަކުން ފޯމު ހުށަހަޅާފައިވޭ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
219 ދުވަސް ކުރިން - 2 ފެބްރުއަރީ 2026 12:30
އިންތިހާބެއްގައި މާލޭ ސިޓީގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓެއް--- ފޮޓޯ: އީސީ
އިންތިހާބެއްގައި މާލޭ ސިޓީގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓެއް--- ފޮޓޯ: އީސީ
ޚުލާސާ

މި އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 2،993 ފަރާތެއްގެ ކެންޑިޑެންސީ އީސީން ވަނީ ބަލައިގެންފަ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު، މި އިންތިހާބުތަކުގައި ވާދަކުރުމަށް އެދި ޖުމްލަ 3،547 ފަރާތަކުން ފޯމް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ކައުންސިލްތަކަށް ކުރިމަތިލުމަށް އެދި 1،936 ފަރާތަކުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. މީގެ ތެރެއިން ކެންޑިޑެންސީ ބަލައިގަނެފައި ވަނީ 1،610 ފަރާތެއްގެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ބަލާލާއިރު، 1،611 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން އީސީން ކެންޑިޑެންސީ ބަލައިގަނެފައި ވަނީ 1،383 ފަރާތެއްގެ އެވެ.

Advertisement

Advertisement 1

މި އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 2،993 ފަރާތެއްގެ ކެންޑިޑެންސީ އީސީން ބަލައިގެންފައިވާއިރު، 554 ފަރާތެއްގެ ކެންޑިޑެންސީ ބަލައިގެންފައެއް ނުވެއެވެ. މި އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އީސީން ބުނީ، ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމުތަކެއް ޕްރޮސެސްކޮށް ނިންމުމަށް ފަހު، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ފޮނުވާފައިވާ ކަމަށެވެ. މި އަދަދުތަކަށް ބަދަލެއް އަންނާނީ ކެންޑިޑޭޓަކު އަމިއްލައަށް ނަން އަނބުރާ ގެންދިއުމުން ނުވަތަ ކޮމިޝަނުން ބަލައިނުގަތް ފޯމަކާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅައި، އެ ފޯމު ބަލައިގަތުމަށް ކޯޓުން އަމުރުކުރާ ހާލަތުގައި އެކަނި ކަމަށް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށެވެ. މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް މި އަދަދުން މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

49 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

70 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

88 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

88 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

88 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

95 ދުވަސް ކުރިން - 19:55