Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޒަކާތުގެ ހިސާބުތައް ވަގުތުން ބެލައިލެވޭނެ ޕޯޓަލް އިފުތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
259 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 21:27
ފިތުރު ޕޯޓަލް / ފޮޓޯ: ޒަކާތު ހައުސް
ފިތުރު ޕޯޓަލް / ފޮޓޯ: ޒަކާތު ހައުސް
ޚުލާސާ

މި ޕޯޓަލް ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ޒަކާތުހައުސްއިން ފާހަގަކުރި.

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ދައްކާ ނަގުދު ފައިސާގެ އަދަދުތައް ވަގުތުން ބަލައިލެވޭނެ ހަރުދަނާ ނިޒާމެއް "ފިތުރު ޕޯޓަލް"ގެ ނަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު އިފުތިތާހުކޮށްފި އެވެ.

މި ޕޯޓަލްއަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ތައާރަފުކުރި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

ޒަކާތު ހައުސްއިން ބުނީ، މި ޕޯޓަލް ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް އުސޫލަކުން މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

Advertisement

Advertisement 1

މި ނިޒާމުގެ ސަބަބުން، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ހުރިހާ މުއާމަލާތްތަކެއް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން، އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ކަށަވަރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ އެވެ.

ޒަކާތު ހައުސްއިން އިތުރަށް ބުނީ، ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމުމާއެކު ލަސްނުކޮށް ޒަކާތް ބެހުމުގެ މަގު ފަހިވާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ފޯރުކޮށްދެވޭނެ އެވެ.

"ފިތުރު ޕޯޓަލް" އަކީ ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޒަކާތު ހައުސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

14 ދުވަސް ކުރިން - 11:08

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 ދުވަސް ކުރިން - 14:03

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

49 ދުވަސް ކުރިން - 13:12

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

71 ދުވަސް ކުރިން - 10:27

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

95 ދުވަސް ކުރިން - 19:48

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

99 ދުވަސް ކުރިން - 22:51