އީރާނުގެ ދެކުނާއި ހުޅަނގު ދެކުނުގެ ސަރަޙައްދުތަކެއްގައި ވަކިވަކިން ގޮވި ގޮވުންތަކެއްގައި ހަމީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ ގޮވާފައި ވަނީ ހުޅަނގު ދެކުނުގެ އަހުވާޒްގެ ކިއަންޝާހު ސަރަހައްދުގައި ހުންނަ ހަތަރު ބުރީގެ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއްގައި ކަމަށާއި އެ ހާދިސާގައި 5 މީހަކު މަރުވެފައިވާ ކަމަށާއި އެ ގޮވުން ގޮވީ ގޭސް ނެޓްވޯކް ލީކުވެގެން ކަމަށެވެ.
މީގެ އިތުރުން ވަކިން ހާއްސަކޮށް އީރާނުގެ ދެކުނުގެ ބަންޑާރަ އައްބާސްގެ 8 ބުރީގެ އިމާރާތެއްގައި ގޮތް ނޭނގޭ އެއްޗެއް ގޮއްވާލާފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. މި ހާދިސާގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވާއިރު، އިތުރު 14 ވަރަކަށް މީހުން ވަނީ ޒަޚަމްވެފައެވެ.
އަދި އެ އިމާރާތް ކައިރީގައި ޕާކުކޮށްފައި ހުރި 10 އަށް ވުރެ ގިނަ ވެހިކަލަށް ވެސް އެކި މިންވަރަށް ގެއްލުން ލިބިފައިވެ އެވެ.
މި ހާދިސާތައް އީރާނުން ދަނީ ތަޙޤީޤު ކުރަމުންނެވެ،









