Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކާޑެއްދުއާއި ކޫއްޑުއާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި

ކާޑެއްދުއާއި ކޫއްޑުއާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި

މުހައްމަދު ޖަމްޝަތު
215 ދުވަސް ކުރިން - 31 ޖެނުއަރީ 2026 21:23
ކާޑެއްދުއާއި ކޫއްޑުއާ ދެމެދު ވައިގެ ދަތުރުތައް ފަށައި މިއަދު ބޭއްވި ފުރަތަމަ ފްލައިޓް---މޯލްޑިވިއަން
ކާޑެއްދުއާއި ކޫއްޑުއާ ދެމެދު ވައިގެ ދަތުރުތައް ފަށައި މިއަދު ބޭއްވި ފުރަތަމަ ފްލައިޓް---މޯލްޑިވިއަން
ޚުލާސާ

މިއީ ސަރަހައްދީ ދަތުރުފަތުރު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފެށި މުހިންމު މަސައްކަތެއް

ގއ، ގދ، އައްޑޫ އަދި ފުވައްމުލައް ޝެޑިއުލް ވައިގެ ދަތުރުތަކަކުން ގުޅާލުމަށް ފެށި "ސަދަން ކަނެކްޓިވިޓީ" މަޝްރޫއުގެ ދަށުން ކޫއްޑުއާއި ކާޑެއްދުއާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި އެވެ.

މި މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުން އިއްޔެ ވަނީ އައްޑޫ ސިޓީން ފުވައްމުލައް ސިޓީއަށް ދަތުރުތައް ފަށާފައެވެ.

ކޫއްޑޫއާއި ކާޑެއްދޫއަށް ދަތުރު ފެށުމަށް މި ދެ ރަށުގައި މިއަދު ވަނީ ވަކިވަކިން ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުތަކުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި، ރަށްރަށުގެ ކައުންސިލްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ބައިވެރިވެފައިވެ އެވެ.

Advertisement

Advertisement 1

މި މަޝްރޫއާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، މިއީ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ދަތުރުތަކަކަށް ވެގެންދާނެ ކަމަށެވެ.

"މޯލްޑިވިއަނުން މި ހިދުމަތް މިހާރު މި ފަށަނީ، ވަރަށް އަގުހެޔޮކޮށް އާންމުންނަށް ވަރަށް ފަސޭހަވާނެ ފަދަ ގޮތަކަށް. ސަރުކާރުގެ ފަރާތުން މި ވައުދު އިރާދަކުރެއްވިއްޔާ މި ފުއްދުނީ،" ސަލީމް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މި ދަތުރުތަކަށް ބޭނުންކުރަނީ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓާ މަރުކާގެ ބޯޓުތަކެވެ. ދަތުރުތައް ބަހާލެވިފައިވަނީ ޖުމްލަ ފަސް ސެކްޓަރަކަށެވެ. އެއީ އައްޑޫ ގަމުން ކާޑެއްދޫ، ކޫއްޑޫ އަދި ފުވައްމުލަކަށް ކުރާ ދަތުރުތަކުގެ އިތުރުން، ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ކުރާ ދަތުރުތަކެވެ. މި ދަތުރުތަކުގެ އަގުތައް އުޅެނީ 500ރ. އާއި 900ރ. އާ ދެމެދުގައެވެ.

ދަތުރުތަކުގެ އަގުތައް:

  1. ގަން - ފުވައްމުލައް: 500ރ.
  2. ފުވައްމުލައް - ކޫއްޑޫ/ކާޑެއްދޫ: 650ރ.
  3. ގަން - ކާޑެއްދޫ/ކޫއްޑޫ: 900ރ.

މޯލްޑިވިއަން އިން ބުނީ މި އާ ހިދުމަތުގެ ސަބަބުން ސިއްހީ ބޭނުންތަކަށާއި ޒަރޫރީ އެހެނިހެން ކަންކަމުގައި ދެކުނުގެ އަތޮޅުތަކުގެ މެދުގައި ކުރަންޖެހޭ ދަތުރުތައް ވަރަށް ބޮޑަށް ކުރުވެ، ފަސޭހަވެގެންދާނެ ކަމަށެވެ.

ސަދަން ކަނެކްޓިވިޓީމޯލްޑިވިއަންގދ. ކާޑެއްދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

49 ދުވަސް ކުރިން - 00:07

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

97 ދުވަސް ކުރިން - 22:03

މޯލްޑިވިއަނުން އަންނަ މަހު އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި އޮސްޓްރޭލިއާއާ،ދެމެދު ސީދާ ދަތުރުތައް ފަށަނީ

168 ދުވަސް ކުރިން - 14:09

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

175 ދުވަސް ކުރިން - 16:58

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

178 ދުވަސް ކުރިން - 14:29

ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ނުފުރި ތިބި އުމްރާވެރިންނަށް ފުރޭނެ އިންތިޒާމުތައް ހަމަޖައްސަނީ

182 ދުވަސް ކުރިން - 15:01