Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ސަދަން ކަނެކްޓިވިޓީ" މަޝްރޫއަކީ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އިންގިލާބެއް: މިނިސްޓަރު މުއްތަލިބު

"ސަދަން ކަނެކްޓިވިޓީ" މަޝްރޫއަކީ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އިންގިލާބެއް: މިނިސްޓަރު މުއްތަލިބު

މުހައްމަދު ޖަމްޝަތު
218 ދުވަސް ކުރިން - 31 ޖެނުއަރީ 2026 21:37
މިނިސްޓަރު މުއްތަލިބު، ސަދަން ކަނެކްޓިވިޓީގެ ދަށުން ގދ. ކާޑެއްދޫއަށް ބޭއްވި ދަތުރު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި---ފޮޓޯ:މޯލްޑިވިއަން
މިނިސްޓަރު މުއްތަލިބު، ސަދަން ކަނެކްޓިވިޓީގެ ދަށުން ގދ. ކާޑެއްދޫއަށް ބޭއްވި ދަތުރު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި---ފޮޓޯ:މޯލްޑިވިއަން
ޚުލާސާ

ކުދި ފްލައިޓްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަކީ އެއާޕޯޓްތަކަށް ކުރާ ބޮޑެތި އިންވެސްޓްމަންޓް ތަކަށްވުރެ ކުޑަ ހަރަދެއް ހިނގާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި

ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި ދަތުރުތަކަކީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާނެ އިންގިލާބީ ބަދަލަކަށް ވެގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ގދ. ކާޑެއްދޫއަށް ބޭއްވި ދަތުރު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅު ގުޅުވައިލެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަދަ ކަމެއް ކުރެއްވުމުގެ ބޭނުންފުޅު ވަރަށް ބޮޑަށް ހުންނެވުމާއިއެކު އެގޮތަށް ގެންގުޅުއްވި ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ. ރާއްޖެއަކީ ވޮލިއުމް ބޭސްޑް ޓްރާންސްޕޮޓޭޝަން އޮތް ތަނެއް ނޫންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ފްރިކުއެންސީ ބޭސްޑް ޓްރާންސްޕޮޓޭޝަންއެއް ކަމަށާއި، ބޭނުންވަނީ ބޮޑެތި ބޯޓުފަހަރުގެ ބަދަލުގައި ގިނަ އަދަދަކަށް ފްލައިޓް އެޅޭނެ މަގެއް ކަމަށެވެ.

Advertisement

Advertisement 1

"ދެކުނުގެ ހަތަރު އަތޮޅު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށިގެން މިދަނީ. މި ކާމިޔާބު ވެއްޖެނަމަ މިއީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާނެ އިންގިލާބެއް ގެންނާނެ ކަމަކަށް ވެގެންދާނެ،" މި މަޝްރޫއުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ކުދި ފްލައިޓްތައް ޖެއްސުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަކީ މިހާރު އެއާޕޯޓްތަކަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާ އަޅާބަލާއިރު ކުޑަ ހަރަދެއް ހިނގާނެ ކަމެއްކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލަ ދަތުރުތަކާއި، ތައުލީމާއި ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވަކިން ހާއްސަކޮށް، ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް އައްޑޫ ގަން މެދުވެރިކޮށް ދަތުރުކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީމޯލްޑިވިއަންއިން ބުނި ގޮތުގައި މި ދަތުރުތަކަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކެވެ. މި ބޯޓުތަކަކީ އެއްފަހަރާ 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެ ބޯޓުތަކެކެވެ. މިހާރު މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

މި ހިދުމަތް ފެށުމުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ ހަތަރު އަތޮޅު (ގއ، ގއ، ޏ. އަދި ސ. އަތޮޅު) ގުޅުވާލައި، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސަރަހައްދީ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަންމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުގދ. ކާޑެއްދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

8 ދުވަސް ކުރިން - 11:32

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

52 ދުވަސް ކުރިން - 00:07

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

56 ދުވަސް ކުރިން - 14:14

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

100 ދުވަސް ކުރިން - 22:03

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

124 ދުވަސް ކުރިން - 22:37

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

132 ދުވަސް ކުރިން - 13:14