ލުބުނާނުގެ ދެކުނުގެ ބައެއް ތަންތަނަށް އިސްރާއީލުން އަނެއްކާ ވެސް ހަމަލާ ދީފިއެވެ.
ލުބުނާނުގެ ގައުމީ ޓީވީން ބުނީ އިސްރާއީލުން ވަނީ ސިލްސިލާ ހަމަލާތަކެއް ދީފައެވެ. އެގޮތުން ޒަހުރާނީ ޑިސްޓްރިކްޓްގެ ރަށްތަކަށް ވަކިން ހާއްސަކޮށް އަމާޒު ކޮށްފައިވާ ކަމަށް ލުބުނާނުން ބުންޏެވެ. މި ގޮވުންތަކުގެ އަޑުފަށްގަނޑު ދުރު ހިސާބުތަކަށް ވެސް އިވުނެވެ.
މީގެ އިތުރުން ލުބުނާނުގެ ދެކުނުގެ އަލްމްސެއިލިހް، ތުއްފަހަތާ އަދި އަލްނަޖާރިޔާ ފަދަ ތަންތަނަށް ވެސް ޔަހޫދީން އިއްޔެ ބޮން އެޅިއެވެ.
އިސްރާއީލުގެ މަތިންދާބޯޓުތަކުން ރޭ ވަރަށް ގިނަ ހަމަލާތަކެއް ދިނެވެ.
މި ޙަމަލާ ތަކުގެ ސަބަބުން ތުއްފަހަތާ، އަލްމްސެއިލިހް، އަލްނަޖާރިޔާ، އަލްދަދާވިޔާ އަދި އަލްމާމަރިޔާ ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ލުބުނާނުން ބުނެއެވެ. ނަމަވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ނުލިބެއެވެ.
އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ އެމީހުން ހަމަލާ ދިނީ ލުބުނާނުގެ ދެކުނުގައި ހުންނަ ހިޒްބުاللهގެ ތަންތަނަށެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލުބުނާނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު، ހަމަލާތައް “ކަރުދާހުގައި ލިޔެގެން” ހުއްޓައިލީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އޭރު 4،000 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 17،000 މީހުން ވަނީ ޒަހަމް ވެފައެވެ.










