Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަމާޒަކީ ދެކުނުގެ ވައިގެ ހަބަކަށް ގަން އެއާޕޯޓު ހެދުން: އަމީން

އަމާޒަކީ ދެކުނުގެ ވައިގެ ހަބަކަށް ގަން އެއާޕޯޓު ހެދުން: އަމީން

މުހައްމަދު ޖަމްޝަތު
176 ދުވަސް ކުރިން - 30 ޖެނުއަރީ 2026 23:55
މިނިސްޓަރު އަމީން، "ސަދަން ކަނެކްޓިވިޓީ" އޮޕަރޭޝަން އިފްތިތާހުކުރުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި---
މިނިސްޓަރު އަމީން، "ސަދަން ކަނެކްޓިވިޓީ" އޮޕަރޭޝަން އިފްތިތާހުކުރުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި---
ޚުލާސާ

މިނިސްޓަރު ވަނީ މެދުއިރުމައްޗާއި ޗައިނާގެ އެއާލައިނެއް ގަމަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފަ

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގައި ކުރާ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށް ހަދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގއ، ގދ، އައްޑޫ އަދި ފުވައްމުލައް ޝެޑިއުލް ވައިގެ ދަތުރުތަކަކުން ގުޅާލުމަށް ފެށި "ސަދަން ކަނެކްޓިވިޓީ" އޮޕަރޭޝަން އިފްތިތާހުކުރުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ގަން އެއާޕޯޓުގެ ހާލަތު ބަދަލުކޮށް، އެތަނަކީ ބައިނަލްއަގުވާމީ އެއާލައިންތައް އޮޕަރޭޓްކުރާ ދެކުނުގެ މައި ހަބަށް ހައްދަވާނެ ކަމަށެވެ. އެގޮތުން މެދުއިރުމަތީގެ އެއާލައިނަކާއި ޗައިނާގެ އެއާލައިނެއް ގަމަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ބޮޑެތި ލުއިތަކެއް ދީގެން ނަމަވެސް އެއާލައިންތައް ގެންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެއާޕޯޓްގެ ހާލަތު ބަދަލުކުރާނަން. ގޭން އިންޓަނޭޝަނަލް އެއާޕޯޓަކީ އެއާލައިންތައް އަންނަ، ރާއްޖޭގެ ވައިގެ ސަދާން ހަބް ކަމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގަން އެއާޕޯޓަކީ ހުރިހާ ސައިޒެއްގެ މަތިންދާބޯޓު އޮޕަރޭޓްކުރެވޭނެ ގާބިލުކަން ހުރި ތަނެއް ނަމަވެސް، މީގެ ކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިހާރު ފެށި އެއާ ކަނެކްޓިވިޓީގެ ސަބަބުން ހުވަދު އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ހިމެނޭހެން ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، ގަން އެއާޕޯޓް ބޭސްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށްގެންދާ މި ދަތުރުތައް ހަފުތާގެ ހުރިހާ ދުވަހަކު ކުރާނެ ކަމަށެވެ. މި ދަތުރުތަކަށް ބޭނުންކުރަނީ ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ "ޓްވިން އޮޓާ" މަރުކާގެ ބޯޓެއްގައި ފުރޮޅު ހަރުކޮށްގެންނެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ހަމައެކަނި އެއާޕޯޓްތަކެއް އެޅުން ނޫން ކަމަށާއި، އެ ވަސީލަތްތަކުގެ ބޭނުން ހިފައި ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދިނުން ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްމިނިސްޓަރ މުހައްމަދު އަމީންޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

5 ދުވަސް ކުރިން - 13:55

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

87 ދުވަސް ކުރިން - 14:30

ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

102 ދުވަސް ކުރިން - 19:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

102 ދުވަސް ކުރިން - 19:25

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

109 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

114 ދުވަސް ކުރިން - 12:11