Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިތުރު ގައުމުތަކަށް ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ: ޑަބްލިޔުއެޗްއޯ

އިތުރު ގައުމުތަކަށް ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ: ޑަބްލިޔުއެޗްއޯ

މުހައްމަދު ޖަމްޝަތު
131 ދުވަސް ކުރިން - 31 ޖެނުއަރީ 2026 09:48
އިންޑިއާގައި ނިޕާ ވައިރަސް ފެތުރޭތީ ސަރަހައްދީ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުން---
އިންޑިއާގައި ނިޕާ ވައިރަސް ފެތުރޭތީ ސަރަހައްދީ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުން---
ޚުލާސާ

ޑަބްލިއުއެޗްއޯ އިން ބުނީ މި ބަލި ކޮންޓްރޯލްކުރުމުގެ ގާބިލުކަން އިންޑިއާގެ އިދާރާތަކުގައި އެބަހުރި ކަމަށް

އިންޑިއާއިން ފެނިފައިވާ ނިޕާ ވައިރަސް، އެ ގައުމުން ބޭރުވެ އެހެން ގައުމުތަކަށް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

އިންޑިއާއިން ނިޕާ ވައިރަސް ޖެހިފައިވާ މީހުން ފެނުމާ ގުޅިގެން ސަރަހައްދީ ބައެއް ގައުމުތަކުން އެއާޕޯޓުތަކުގައި ސްކްރީންކުރުން ވަރުގަދަކޮށްފައިވީ ނަމަވެސް، މި ބަލި ކޮންޓްރޯލްކުރުމުގެ ގާބިލުކަން އިންޑިއާގެ އިދާރާތަކުގައި އެބަހުރި ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކުރި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު މި ބަލި އިންސާނުންގެ މެދުގައި ގައިން ގަޔަށް އެރުން އިތުރުވެފައިވާކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.

Advertisement

Advertisement 1

ނިޕާ ވައިރަހަކީ އާންމުގޮތެއްގައި ވާލުގެ ވައްތަރެއް ކަމަށްވާ ފްރުޓް ބެޓްއާއި އޫރު ފަދަ ޖަނަވާރުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. އިންސާނުންގެ މެދުގައި މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާއެކު ގިނަ ވަގުތު ހޭދަކުރުމުންނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ސިކުނޑި ދުޅަވެ، ވާނުވާ ނޭނގުމާއި ފިޓުޖެހުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނެ އެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ބަލި ޖެހޭ މީހުންގެ 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން މަރުވެ އެވެ.

މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް އަދި އުފެއްދިފައެއް ނުވެ އެވެ. ނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާ ދެވެ އެވެ. ގިނަ ވެކްސިންތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ތަކެތި އަދި އޮތީ ތަހުލީލު މަރުހަލާގަ އެވެ.

އިންޑިއާއިން ފެނުނު ނިޕާ ކޭސް ތަކާއި ގުޅިގެން ކުރިއަށްދާ ތަހުގީގުގައި އެ މީހުންނަށް ބަލި ޖެހުނު ގޮތެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ. މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާއިން ނިޕާ ވައިރަސް ފެނުނު ހަތްވަނަ ފަހަރެވެ. އަދި މިއީ ވެސްޓު ބެންގޯލުން މި ބަލި ރިޕޯޓުކުރި ތިންވަނަ ފަހަރެވެ.

އިންޑިއާޑަބްލިޔޫއެޗްއޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

23 ގަޑިއިރު ކުރިން - 12:43

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

7 ދުވަސް ކުރިން - 18:30

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

9 ދުވަސް ކުރިން - 23:07

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

10 ދުވަސް ކުރިން - 20:36

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

11 ދުވަސް ކުރިން - 05:33

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

13 ދުވަސް ކުރިން - 15:05