މެދުއިރުމަތީގައި ހާސްކަން އިތުރުވަމުންދާއިރު، އިސްރާއީލުގެ ދިފާޢުގައި ތިމަންނާމެން ނުކުންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. ފަލަސްޠީނުގެ ބިން އިސްރާއީލަށް ހޯދައިދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އިނގިރޭސި ސަރުކާރުގެ މަސްދަރުތަކުން ބުނީ އީރާނަށް ޙަމަލާ ދިނުމުގެ ބަދަލުގައި އިނގިރޭސި ސިފައިން “ކުޅޭނީ ޑިފެންސަށް” ކަމަށެވެ.
“އީރާނުން އަޅުގަނޑުމެންގެ (އިނގިރޭސިވިލާތުގެ) އެކުވެރި ޤައުމަކަށް ޙަމަލާ ދީފި ނަމަ އެ ޤައުމު ޙިމާޔަތް ކުރުން ފަދަ ޑިފެންސިވް އެކްޝަން އެކަނި އަޅުގަނޑުމެން ނަގާނީ”.
އިނގިރޭސި ވިލާތުގެ ސިފައިންނާއި އެއާ ޑިފެންސް ސިސްޓަމްތައް ގަތަރު، ބަހްރެއިން، ކުވައިތު، ޖޯޑަން، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައި ބަހައްޓާފައިވާއިރު، އިނގިރޭސިވިލާތުން ބުނީ އެ ހުރިހާ ޤައުމެއްގެ ޙިމާޔަތުގައި ވެސް މަސައްކަތް ކުރާނެ ކަމަށެވެ.










