Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެބިނެޓު ބައްދަލުވުމުގައި ލޯ މަރާލީ ނިދި އައިސްގެން ނޫން, ފޫހިވެގެން: ޓްރަމްޕު

ކެބިނެޓު ބައްދަލުވުމުގައި ލޯ މަރާލީ ނިދި އައިސްގެން ނޫން, ފޫހިވެގެން: ޓްރަމްޕު

އައިޝަތު ރުވާ ރިފްޢަތު
225 ދުވަސް ކުރިން - 30 ޖެނުއަރީ 2026 20:20
ކެބިނެޓް ބައްދަލުވުމުގައި ޓްރަމްޕު ލޯ މަރައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯ--
ކެބިނެޓް ބައްދަލުވުމުގައި ޓްރަމްޕު ލޯ މަރައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯ--
ޚުލާސާ

ލޯ މަރާލީ ބައްދަލުވުމުގައި ދެކެވެމުންދިޔަ ދިގު އަދި ފޫހި ވާހަކަތަކުގެ ސަބަބުން ކަމަށް ޓްރަމްޕު ބުނެފައިވޭ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ލޯ މަރައިގެން އިންނެވި މަންޒަރު ފެނުމާ ގުޅިގެން ފެތުރުނު ހަބަރުތަކަށް އޭނާ ރައްދު ދެއްވައިފި އެވެ. ވައިޓް ހައުސްގައި ބޭއްވި މި ބައްދަލުވުމުގައި ލޯ މަރާލީ ނިދި އައިސްގެން ނޫން ކަމަށާއި، އެއީ ބައްދަލުވުން މާ ބޮޑަށް "ފޫހިވުމުން" ކުރެއްވި ކަމެއް ކަމަށް ޓްރަމްޕް ވަނީ ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް އިރުކޮޅަކަށް ލޯ މަރައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެން، ސޯޝަލް މީޑިއާގައާއި ސިޔާސީ ދާއިރާގައި ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ތުހުމަތު ކުރި ގޮތުގައި ޓްރަމްޕު އިނީ ބައްދަލުވުމުގެ ތެރޭގައި ނިދިފަ އެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ބުނީ، އޭނާގެ ސިއްހަތު ރަނގަޅު ކަމަށާއި ނިދީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ލޯ މަރާލީ ބައްދަލުވުމުގައި ދެކެވެމުންދިޔަ ދިގު އަދި ފޫހި ވާހަކަތަކުގެ ސަބަބުން ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

Advertisement

Advertisement 1

"އަހަރެން ލޯ މަރާލީ ނިދި އައިސްގެންނެއް ނޫން. އެއީ އެ ދައްކަމުންދިޔަ ވާހަކަތައް މާ ފޫހިވީމަ،" ޓްރަމްޕް ބުންޏެވެ. އޭނާ އިތުރަށް ބުނީ ބައެއް ކަންކަމާ ގުޅޭގޮތުން ކެބިނެޓް މެންބަރުން ދައްކަވާ ވާހަކަތަކަކީ ބައެއް ފަހަރު ވަރަށް ދިގުލައިގެންދާ ފޫހި ވާހަކަތަކެއް ކަމަށެވެ.

މީގެ ކުރިން ވެސް ޓްރަމްޕްގެ އުމުރާއި ސިއްހީ ހާލަތާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެކި ކަހަލަ ސުވާލުތައް އުފައްދާފައެވެ. ނަމަވެސް ވައިޓް ހައުސްއިން ވަނީ ޓްރަމްޕުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ބުނީ ރައީސް އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، ބައްދަލުވުމުގެ ހުރިހާ ކަމެއް އޭނާ ފުރިހަމައަށް ބައްލަވަމުން ގެންދަވާ ކަމަށެވެ.

މި ހާދިސާއަކީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ތެރޭގައި އޭނާގެ ހަރަކާތްތަކާ ގުޅިގެން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ކަންތަކެވެ.

ޑޮނަލްޑް ޓްރަމްޕުވައިޓް ހައުސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

1 ދުވަސް ކުރިން - 21:40

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

2 ދުވަސް ކުރިން - 14:06

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

9 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

12 ދުވަސް ކުރިން - 15:07

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

23 ދުވަސް ކުރިން - 04:34

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

25 ދުވަސް ކުރިން - 11:21