Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ 15.5 ބިލިއަން ރުފިޔާ, ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ

އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ 15.5 ބިލިއަން ރުފިޔާ, ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ

އައިޝަތު ރުވާ ރިފްޢަތު
165 ދުވަސް ކުރިން - 30 ޖެނުއަރީ 2026 18:05
އެސްޓީއޯ ބިލްޑިންގް. / ފޮޓޯ: ޚުލާސާ
އެސްޓީއޯ ބިލްޑިންގް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 671 މިލިއަން ރުފިޔާ ލިބިފައިވޭ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެއް.

ދައުލަތުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ 15.5 ބިލިއަން ރުފިޔާއަށް އަރައިފިކަން އެ ކުންފުނިން ހާމަކޮށްފި އެވެ.

މިދިޔަ އަހަރުގެ މާލީ ރިޕޯޓުތައް ދައްކާގޮތުން، މިއީ 2024 ވަނަ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު 910 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 762 މިލިއަން ރުފިޔާ އެވެ.

އަހަރުގެ ފަހު ކުއާޓާ ނުވަތަ ހަތަރުވަނަ ކުއާޓާގެ ތަފުސީލުތަކަށް ބަލާއިރު، އެ ކުއާޓާގައި އެކަނިވެސް ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ތެލުގެ ވިޔަފާރި އާއި އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ އެވެ. އެގޮތުން ތެލުގެ އާމްދަނީ 4 އިންސައްތަ އިތުރުވެފައިވާއިރު، އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ 19 އިންސައްތައަށް އިތުރުވެފަ އެވެ.

Advertisement

Advertisement 1

ޖުމްލަ އާމްދަނީއަށް އައި މި ބޮޑު ބަދަލާއެކު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 671 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު މިދިޔަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 244 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއިން އަންނަނީ ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ހިފެހެއްޓުމަށާއި، ކާޑުގެ ބާވަތްތަކާއި ތެލުގެ އިތުރުން ބޭހާއި އިމާރާތްކުރުމުގެ ސާމާނު ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އެސްޓީއޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

32 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

58 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

73 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

73 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

83 ދުވަސް ކުރިން - 23:49

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސްދޯނިތަކަށް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި

84 ދުވަސް ކުރިން - 13:50